ޚަބަރު
އައިޖްއާއި، ޔޫބީޖީން ގެމަނަފުށީ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި

ގއ. ގެމަނަފުށީގެ 2 ޖަމްޢިއްޔާއެއް ކަމަށްވާ އައިޖްއާއި، ޔޫޖީބީގެ ފަރާތުން ގެމަފަފުށީ ސްކޫލަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ.

އެގޮތުން އައިޖް ޖަމްޢިއްޔާއިން އެހީތެރިވަނީ، އެ ސްކޫލުގެ ކުޅިވަރު ޙަރަކާތްތަކަށެވެ. ޔޫޖީބީން އެހީތެރިވަނީ، ދަރިވަރުންނާއި، ބެލެނިވެރިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށެވެ. ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން އައިޖް ޖަމްޢިއްޔާގެ ރައީސް ހުސައިން ސައީދު ވިދާޅުވީ، ގެމަނަފުށީ ސްކޫލާއެކު ބޭއްވުނު ބައްދަލުވުމުގައި، އެ ސްކޫލުގެ ދަރިވަރުންނަށް ހިންގާ ކުޅިވަރުގެ ޙަރަކާތްތަކުގައި، އެހީތެރިވުމަށް ނިންމަވާފައިވާކަމަށެވެ. “ގެމަނަފުށީ ސްކޫލުގެ ކުޅިވަރުގެ އެންމެހައި ހަރަކާތްތަކަށް އަޅުގަނޑުމެންގެ އެހީތެރިކަން ދޭނަން. އަދި ސްކޫލުގެ ދަރިވަރުން ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމަށް ވެސް މި ޖަމްޢިއްޔާއިން ޙަރަކާތްތަކެއް ހިންގާނަން. ހުސައިން ވިދާޅުވިއެވެ.

ޔޫޖީބީގެ ފަރާތުން އެ ޖަމާޢަތުގެ އިސްބޭފުޅެއްކަމަށްވާ އަބޫބަކުރު ޝަހުނީޒު ވިދާޅުވީ، އެ ޖަމާއަތަކީ، ވޭތުވެދިޔަ އަހަރުތަކުގައި، ގެމަނަފުށީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ގިނަ ދަރުސްތަކެއް ބާއްވައި ގިނަ ޙަރަކާތްތަކެއް ހިންގަވާފައިވާ ޖަމާޢަތެއް ކަމަށާއި، އެ ޖަމާޢަތުން ބޭނުންވަނީ ގެމަނަފުށީ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށެވެ.

އައިޖްއާއި، ޔޫޖީބީއާއިއެކު ބަދަލުވުންތަކެއް ބޭއްވި ގެމަނަފުށީ ސްކޫލަށް އެހީތެރިވެ ދިނުމަށް އެ ދެޖަމްއިއްޔާއިން ނިންމާފައިވާކަމަށާއި، އެކަމުގެ ސަބަބުން ސްކޫލުގެ ދަރިވަރުންނަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނޭކަމަށް އެސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ސައްދާމު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!