ޚަބަރު
ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާފަދަ ހަމަލާތަކެއް އަމާޒުވަމުންދޭ: ޝަމާލް

ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާފަދަ ހަމަލާތަކެއް އަމާޒުވަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔެއާއި އެކު ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދާއިރު، އެެހެނިހެން ގައުމުތަކުގެ އަސްކަރިއްޔާއެކު ޖޮއިންޓް މިލިޓަރީ އެކްސަސައިޒްތައް ހިންގަމުންގެންދާ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުންވެސް މިކަންކަމަށް އެއްވެސް އަސަރެއް ދިޔަ ދީފައިނުވާ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. އެގޮތުން މިދުވަސްވަރުގައިވެސް ދިވެހި ޒުވާން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ އަހަމިއްޔަތު ކަމެއް ދިނުމުގެ ނަތީޖާއްއެއްގެ ގޮތުން މިދުވަސްވަރުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާ، ގައުމުތަކުގެ އަސްކަރިއްޔާއެކު ޖޮއިންޓް މިލިޓަރީ އެކްސަސައިޒްތައް ހުއްޓުމެއް ނެތި ހިންގާފައިވާ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

ބަދަލުވަމުންދާ ދުނިޔެއާއި އެކު ޤައިމުތަކުގެ ރައްކާތެރިކަމަށް އޮތް ނުރައްކާ ބޮޑުވެފައިވާއިރު، ދިވެހި ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތައް ނުރައްކާވާފަދަ ހަމަލާތަކެއް އަމާޒުވަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ. މިކަމާއި ކުރިމަތިލުމަށް ދިވެހި އަސްކަރިއްޔާ އެކި ގޮތްގޮތުން ތައްޔާރުކުރަމުންދާކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ކުރަންޖެހޭ ޚަރަދުތަކާއި، ހަތިޔާރު ގެނައުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަސްކަރިއްޔާ ދެމި އޮންނާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ކޮވިޑް-19ގެ ބޮޑު ބަލިމަޑުކަމުން ވެސް ދިވެހި ޒުވާން ސިފައިންގެ ޤާބިލުކަން އިތުރުކުރމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީފައިވާނެ. މި ދުވަސްވަރުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ތަމުރީން ޕްރޮގްރާމްތައް ހިންގާ، ޤައުމުތަކުގެ އަސްކަރިއްޔާއެކު ޖޮއިންޓް މިލިޓަރީ އެކްސަޒައިޒްތައް ހުއްޓުމެއް ނެތި ހިންގާފައިވާނެ. ދުނިޔެއާއި އެކު ޤައިމުތަކުގެ ރައްކާތެރިކަމަށް އޮތް ނުރައްކާ ބޮޑުވެފައި މިވަނީ އަދި ދިވެހި ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތައް ނުރައްކާވާފަދަ ހަމަލާތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއް މިއީ. މިކަމަށް ކުރަންޖެހޭ ޚަރަދުތަކާއި، ހަތިޔާރު ގެނައުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަސްކަރިއްޔާ ދެމި އޮންނާނެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ދިވެހި ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާފަދަ ހަމަލާތަކެއް އަމާޒުވަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާއިރު، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް އަވައްޓެރި ސްރިލަންކާގައި ބޮންގޮވުންމުގެ ހާދިސާތައް ހިނގުމަށްފަހު މިކަމަށްދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށް ސަރަހައްދީ ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ. މިގޮތުން މިކަން ކަށަވަރުކުރުމަށް ޤައުމުތަކުން ވަނީ ގިނަ އަދަދެއްގެ ޖޮއިންޓް މިލިޓަރީ ހަރަކާތްތަކެއް ހިންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!