ޚަބަރު
ޚަބަރުފަތުރާ ވަޞީލަތްތަކުގެ ޒިންމާއަކީ މުޖުތަމަޢު އިސްލާހް ކުރުން، ފަސާދަކުރުމެއް ނޫން! – ޚުޠުބާ

މުޖުތަަމަޢުގެ ކޮންމެ ފަރުދަކުވެސް މުޖުތަމަޢުގެ މަސްލަޙަތާއި، އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭކަމަށް މިއަދުގެ ޚުޠުބާގައި ބަޔާންކުރެއެވެ. ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިއަދު އިންތިހާއަށް ބޮޑުވެފައިވާކަމަށް ޚުޠުބާގައި ފާހަގަކުރެއެވެ. ދޮގު ޚަބަރުފެތުރުމާއި، ދޮގުވާހަކަތައް ފެތުރުމުގެ ނުބައިކަމުގެ ވާހަކަ،  ދޮގުވާހަކަތަކުގެ ސަބަބުން އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ތަފާތު މުސީބާތްތަކުގެ ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ. މިފަދަ ވާހަކަތަކުން އިބްރަތް ހާޞިލްކުރަންޖެހޭކަން މިއަދުގެ ޚުޠުބާގައި ހިމެނިފައިވެއެވެ.

ޚުޠުބާގައި ހާމަކޮށްފައިވާގޮތުން، ނޫސްވެރިންނާއި، މީޑިޔާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާއަކީ ބޮޑު ޒިންމާއެކެވެ. މިފަދަ ފަރާތްތަކުން އަދާކުރަމުންދާ އެދަނީ، ވަރަށްބޮޑު ދީނީ އަދި ޤައުމީ ވާޖިބެކެވެ. އެ ފަރާތްތަކުގެ ޒިންމާއަކީ އެއްވެސް އޮޅުވާލުމެއް ނެތި، ކަމުގެ ހަޤީޤަތާއި އެއްގޮތަށް، މީސްތަކުންނަށް ސައްހަ ޚަބަރާއި، ތެދު މަޢުލޫމާތު ފޯރުކޮށްދީ، މަގު ދެއްކުމުގެ ޒިންމާއެވެ.

މުޖުތަމަޢުގެ ތެރޭގައި ހިނގާ ތަފާތު ކަންކަމުގެ މަޢުލޫމާތާއި، ޚަބަރުތައް އެހެން މީހުންނަށް އަންގައިދީ، ފޯރުކޮށްދިނުމަކީ، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ޚުޠުބާގައި ބުނެފައިވެއެވެ. ނޫސްވެރިންނާއި، ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އަދާކުރަމުން އެދަނީ މުޖުތަމަޢާއި ފަރުދުން އިސްލާހު ކުރުމުގެ ޒިންމާއެވެ. މުޖުތަމަޢު ފަސާދަ ކުރުމެއް ނޫންކަން ޚުޠުބާގައި ހާމަކޮށްފައި ވެއެވެ.

ނޫސްވެރިކަމާއި ޚަބަރުފެތުރުން ޒިންމާދާރުކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ކުރުމަށް ޚުޠުބާގައި އިލްތިމާސް ކުރެއެވެ. އަދި ޚަބަރުފެތުރުމުގެ ވާޖިބު ޝަރުޢީ އަދި އަޚްލާޤީ އިމުގެ ތެރެއަށް ފެއްތުމާއެކު މާތް ﷲ ގެ އަމުރުފުޅުތަކަށް އެއްވެސް ހާލެއްގައި ބަދުބަސް ބުނެގެން ނުވާނެކަމަށް ބުނެފައިވެއެވެ. އެއްވެސް ހާލެއްގައި އިސްލާމް ދީނަށާއި، ދީނުގެ ހުކުމްތަކަށް ފުރައްސާރަ ކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ.

ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މީހުންގެ ލޮލުގައި އަޅައިގަންނާނެހާ ގޮތްގޮތަށް ޚަބަރު ލިޔެ ފެތުރުމުގެ ބަދަލުގައި ތިމާ އެޚަބަރެއް ފެތުރުމުގެ ކުރިން އޭގެ ތެދުދޮގު ބެލުން މުހިންމުކަމުގައި ޚުޠުބާގައި ބުނެއެވެ. ލިބޭ ކޮންމެ ޚަބަރަކީ އެއީ ތެދުކަމަށް ބަލައި ފެތުރުމަކީ ފަހުން އެކަމާއި ހިތާމަކުރަން ޖެހިދާނެކަމަކަށް ވެދާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!