ސްރީލަންކާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އެޤައުމު ވަނީ ލޮކްޑައުންއަކަށް ގޮސްފައެވެ، އަދި ލޮކްޑައުންގެ މުއްދަތު އެދުވަހުން ފެށިގެން 10 ދުވަހަށް އިޢުލާން ކުރިވިފައިވެއެވެ.
ލޮކްޑައުން އިއުލާނުކުރިތާ ހަފްތާއެއް ފަހުން ލަންކާގެ ހެލްތް މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ ވަނީ ލަންކާގެ ލޮކްޑައުންގެ މުއްދަތު ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ފަތިހު 04:00 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
Lockdown extended❗
The prevailing Qurantine Curfew will further EXTENDED until 4am on September 06: Minister of Health Keheliya Rambukwella #LKA #SriLanka #COVID19SL #lockdownsl— Sri Lanka Tweet 🇱🇰 💉 (@SriLankaTweet) August 27, 2021
ލަންކާގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ގައުމުން ފެންނަ ކޮވިޑްގެ ކޭސްތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. ދުވާލެއްގެ މައްޗަށް ކޮންމެ ދުވަހަކުވެސް 4،000 އާއި 5،000 ދެމެދުގެ އަދަދަކަށް މީހުން އަންނަނީ ބައްޔަށް ޕޮޒިޓިވްވަމުންދެއެވެ.