ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލެ އަތޮޅު ރަސްފަރީ ފަރަށް އުރުނު ބޯޓު، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދިނުމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
ތިމާވެށި ރައްކާތެރި ކުރުމާއި ގުޅޭ ޤާނޫނުގެ ދަށުން ތިމާވެއްޓަށް ގެއްލުމެއް ދީފިނަމަ އެންމެ ބޮޑު އަދަދަކަށް ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާއެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތަކުގައި ބޭރުގެ ބޯޓުތައް ޖޫރިމަނާ ކުރިވެފައި ވީނަމަވެސް، އެ ފައިސާ ނުދައްކައި ބޯޓުތައް ރާއްޖެއިން ވަނީ ދޫކުރެވިއެވެ. އެގޮތުން ލިބުނު ގެއްލުން އިވެލުއޭޓް ކުރުމުގެ ކުރިން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ވަރަށް ފައިސާ ބަހައްޓަން އެންގީ ކަމަށް އީޕީއޭ އިން މައުލޫމާތު ލިބެއެވެ.
100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަން އެންގި ނަމަވެސް އަދި އެ ބޯޓުގެ ވެރިފަރާތުން އެ ފައިސާ ދިން ކަމެއް އެނގިފައި ނުވެއެވެ.