ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީ ވިޔަފާރިވެރިޔާ ކައިލީ ޖެނާ އޭނަގެ ދަރިފުޅަށް ހަދިޔާއަކަށް ބޮޑު ސްކޫލް ބަހެއް ދިނުމުން ސޯޝަލް މީޑީޔާގައި ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.
ކައިލީގެ ތިން އަހަރުގެ ދަރިފުޅު ސްޓޯމީއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއަރކުރަމުން ކައިލީ ބުނެފައިވަނީ ދަރިފުޅަށް ހަދިޔާކުރި ރީދޫކުލައިގެ ބަހަކީ ސްޓޯމީގެ ބައްޕަގެ ފަރާތުން ދިން ސަޕްރައިޒް ހަދިޔާއެއް ކަމަށެވެ.
ކައިލީގެ މިޕޯސްޓަށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. އެގޮތުން އުމުރާ ނުގުޅޭ ހަދިޔާ ދަރިފުޅަށް ހަދިޔާކުރުމާއި އެކަން ސޯޝަލް މީޑިޔާގައި ހާމަކުރަނީ އެމީހުންގެ ތަނަވަސްކަމާއި ނުފޫޒު ހާމަކުރަން ކަމަށާއި މިއީ ބަހުގައި ސްކޫލަށް ކުދިން ފޮނުވާ ބެލެނެވެރިންނަށް ކުރި ފުރައްސާރައެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
އެންމެ ތިން އަހަރުގެ ކުއްޖަކަށް ސްކޫލް ބަސް ފަދަ އަގުބޮޑު އެއްޗެހި ހަދިޔާ ކުރުމުން އެއީ ދެއްކުންތެރިކަމަށް ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.
މީގެ ކުރިންވެސް ކައިލީ ވަނީ ދަރިފުޅަށް އަގުބޮޑު ޖަވާހިރު އަނގޮޓިއެއް ހަދިޔާކޮށްފައެވެ. އެކަމަށްވެސް ގިނަބަޔަކު ވަނީ ކައިލީއަށް ފާޑުކިޔާފައެވެ.