ކޮލަމް
މަޑަވެލި ހޯނޑެއްދޫގެ ކޯޒްވޭގެ މައްސަލަ މަޑުޖައްސާލައިގެން ސަރުކާރަކަށް ނޯވެވޭނެ !

ރާއްޖޭގެ ކޮންމެ ރަށެއް އެރަށް އަނެއް ރަށާ ގުޅުވާލައިފިނަމަ އޭގެ ފަހަތުގައި ވަނީ ތަރައްޤީ އާއި ކުރިއެރުންކަން ރާއްޖޭގައި މިއަދާ ހަމަޔަށް ގުޅުވާލާފައި ނުވަތަ އެއްފަސް ކުރެވިފައިވާ ކޮންމެ ރަށަކުންވެސް ފެންނަކަމީ ލޯމަތިން ފެންނަން ހުރި ހަޤީގަތެކެވެ. އައްޑޫ އަތޮޅާއި ލ އަދި ގްރޭޓަރމާލެ އިން އެއޮތީ އެކަން ފެންނާށެވެ. ހުވަދު އަތޮޅުގެ ފަރެސްމާތޮޑާ އަށް ނަޒަރު ހިންގާލިޔަސް އެ ޙަޤީޤަތް ސާބިތުވެއެވެ. ދާދި ފަހުން ކޯޒްވޭ ތަކަކުން ގުޅުވާލި ގދ މަޑަވެލި ހޯނޑެއްދޫ 2 ރަށުންވެސް އިސްވެ ދެންނެވުނު ކުރިއެރުން އައީ ފެންނަމުންނެވެ. ނަމަވެސް ސުވާލަކީ މަޑަވެލި ހޯނޑެއްދޫގެ ކޯޒްވޭ އަށް ވެގެން މިއުޅެނީ ކިހިނެއްހެއްޔެވެ. އެކޯޒްވޭގެ ސަބަބުން މަޑަވެލީގެ ރައްޔިތުންގެ އުންމީދުގެ ޙާސިލުވި 2 ރަށުގެ ގުޅުމަށް ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ. 2 ރަށް ގުޅި އެއްބަނޑު އެއްބަފައި ކަމާއި އަވައްޓެރި މާތް ގުޅުމަށް ވާން މިއުޅެނީ ކީއްތޯއެވެ. އެތައް ޒަމާނެއް ވަންދެން 2 ރަށުގެ ރައްޔިތުން ކުރި އުންމީދު ޙަޤީޤަތަކަށް ވެފައި ވަނިކޮށް ލިބެމުންދިޔަ އިޖްތިމާޢީ އެކުލުންތެރިކަމާއި އިޤްތިޞާދީ ތަރައްޤީ އަށް ވާން މިއުޅެނީ ކިހިނެއްބާއެވެ. ހަމަ ޔަޤީނުންވެސް އެނގޭ އެއް ޙަޤީޤަތެއް އެބައޮތެވެ. މަޑަވެލި ހޯނޑެއްދޫގެ ރައްޔިތުންގެ މެދުގައި އެއްވެސް މައްސަލައެއްނެތެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ. އަދި ކިއެއްތަ، މިފަދަ ގުޅާލުން އޮތް އެހެން ރަށްރަށުގައި ވެސް އަދި އެ ރަށްރަށުގެ ބުރިޖް ނުވަތަ ކޯޒްވޭ ތަކާ އެއްފަސް ކުރުމުގައި ވެސް މައްސަލައެއް ނޫޅެއެވެ. އެހެންވިއްޔާ އޮތް މައްސަލައެއް އޮތީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ގައެވެ. އެ މަޝްރޫޢުގައެވެ.

މަޑަވެލި ހޯނޑެއްދޫ ގެ ރައްޔިތުން އެތައް ގޮތަކަށް އެކި އެކި ސަރުކާރުތަކުގައި އެ 2 ރަށް ގުޅުވައި ދިނުމަށް އެދެމުން ދަނިކޮށް 2016 ވަނަ އަހަރު ގައި އޭރުގައި އޮތް ސަރުކާރުން ވަނީ އެކަމަށް އިޖާބައެއް ދީފައެވެ. ދެ ތިން އަހަރުގެ ތެރޭގައި މަޑަވެލީގެ ދެކުނުން ފެށިގެން ހޯނޑެއްދޫގެ އުތުރު ފަރާތާއި 440 މީޓަރ ދިގު 7 މީޓަރ ފުޅާ ކޯޒްވޭއެއް އަޅައި ދީފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އާއި ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢު ނިންމާލިއިރު 2 ރަށުގެ ރައްޔިތުން ތިބީ އިރުވައި މޫސުމްގެ ހިތްގައިމު ނަކަތްތަކުގެ ތެރޭގައި އިރު އޮއްސޭ މަންޒަރު ބަލަމުން ހަވީރު ފިނި ބުރު ޖަހަން އެ ކޯޒްވޭ މަތީގައެވެ. ޙަޤީޤަތުގައި ވެސް އެއީ 2 ރަށަށް ލިބުނު ވަރުގަދަ ކުރިއެރުމެކެވެ.

މަޑަވެލީ ހޯނޑެއްދޫ ކޯޒްވޭގެ ވާހަކަތަކުން އެދުވަހު އުފަލުގެ އަންބާ ކިޔަސް މިއަދު ވަނީ އަންބާގެ ރާގު ބަދަލުވެފައެވެ. ޖުންޖުލައިގެ މޫސުމީ ބަދަލާއެކު ކޯޒްވޭ ފެންނަން އެއޮތީ އަންބާ ރާގު ބަދަލު ކުރަން ޖެހޭ ޙާލުގައެވެ. ބޮޑު ދިޔަވަރާއި އެކު ރާޅުބާނި ލައި އުދަ އަރަން ފަށައިފި ނަމަ އެންމެ ބޮޑު ގެއްލުމެއްވާ 2 ރަށަކީ އެ 440 ފޫޓް ގެ ދެ ކޮޅުގައިވާ މަޑަވެއްޔާއި ހޯނޑެއްދޫއެވެ. ކޯޒްވޭގެ ދަށުން އޮއިވަރު ދާ ގޮތަށް ހަދާފައި ހުރި ޖާގައިގެ ތެރެއިން ރާޅު ދެމިގެން ދާ ގޮތް ނުވާތީ އުދައިގެ އަސަރު ދެރަށަށް ވެސް ކުރަނީ ރައްޔިތުން ހިތާމަ ކުރަން ޖެހޭ ޙާލަތަށެވެ. ހޯނޑެއްދޫ ދަނޑުބިންތައް ހަލާކުވެ ރަށް ގިރަމުންދާތާ އަހަރު ތަކެއް ވެއްޖެއެވެ. އަނެއް ކޮޅުން ކޯޒްވޭ އެދަނީ ސުންނާފަތި ވަމުންނެވެ.

މަޑަވެލީ ހޯނޑެއްދޫ ކޯޒްވޭގެ ކަންތަކާ 2 ކައުންސިލުންވެސް ވަރަށް ކަންބޮޑުވެއެވެ. އެތަނުގެ ޙާލު ހުރިގޮތާ ރައްޔިތުންނަށާ ރަށަށް ވަމުންދާ ގޮތް ކަމާ ބެހޭ ވުޒާރާ ތަކަށް ދަނީ ފޮނުވަމުންނެވެ. އެންމެފަހުން ކުރަން ބޭނުން ނުވާ ކަމުގެ ވާހަކަ ވެސް ސަރުކާރަށް ހުށަހަޅައިފިއެވެ. ޙައްލު ހޯދުމަށް ސަރުކާރުގެ ދޮރުގައި ޓަކި ޖެހުމުން ޙައްލެއް ނުލިބުމުން އެންމެ ފަހުން ހޯނޑެއްދޫ ކައުންސިލުން ވަނީ ކޯޒްވޭ ކަނޑާ ލާނެ ކަމަށް ބުނެ ސަރުކާރަށް ސިޓީ ފޮނުވާފައެވެ. އަނެއް މަޑަވެލިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެފަދަ ޢަމަލެއް ނުހިންގުމަށް ބުނެފައެވެ.

މިހާ ހިސާބަށް ކަންތައް ދިއުމުން ސަރުކާރު ބަލަން އޮންނަންވީތޯއެވެ. ދާއިރާގެ މަޖިލިސް މެންބަރުގެ އާދޭސްތަކާ 2 ރަށު ކައުންސިލްގެ އެދުންތަކާ ދެކޮޅަށް މަޑަވެލި ހޯނޑެއްދޫ އާއި ކޯޒްވޭ ނެތިވެ ދާތަން ކުޑަ ކަޅިން ބަލަން އޮންނަވީތޯއެވެ.

ނޫނެކެވެ. މި ސަރުކާރު ވިޔަސް އަދި އެހެން ސަރުކާރެއް ވިޔަސް އެހެން ބަލާކަށް ނޯންނާނެއެވެ. އެފަދަ މަންޒަރުތައް ބަލަން މަޑުޖެހިގެން ނުވެސް އޮވެވޭނެއެވެ. ތިޔަ މައްސަލަ ޙައްލު ކޮށް ޒަމާނަށް ފެތޭ ތަނަކަށް ހެދުމަށް މިހާރު ވިސްނަވަން ނުފައްޓަވާ ކަމެއްވެސް ނޭނގެއެވެ.

މަޑަވެލީ ހޯނޑެއްދޫގެ ކޯޒްވޭ އަކީ ވަރަށް ހިތްގައިމު ވެދާނެ ތަނެކެވެ. އޮއެ ދެމޭ ގޮތަށް ހަދައި މަރާމާތްކޮށް ވަރަށް ޗާލު ކުރެވި ދާނެ ތަނެކެވެ. ދެފަރާތުގައި މަގު ބައްތި ޖަހައި ސަޅި ކުރެވިދާނެއެވެ. ދެ ރަށުގެ ފަސްގަނޑަށް ގެއްލުން ނުވާނެ ހެން ހަދާކަހަލަ އުނދަގުލެއް ނުވާނެއެވެ. ސަރުކާރުން ކުރަން ބޭނުން ވެއްޖެއްޔާ ތީހަމަ “އެއްވެސް ކަމެއްނޫނެވެ”.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!