ގދ ތިނަދޫއިން މިއަދުވެސް އިތުރު ބަޔަކު ފައްސިވެ، އެކްޓިވް ކޭސްގެ އަދަދު މައްޗަށް ގޮސްފިއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން މިރޭ ނެރެފައިވާ އަދާހަމައިން ދައްކާ ގޮތުގައި މިއަދު އެރަށުން އިތުރު 3 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން އެއްވެސް ފަރާތެއް ފަސޭހަވެފައި ނުވެއެވެ. އެއާއެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދުވަނީ 26 އަށް އަރާފައެވެ.
ތިނަދޫގައި ހުންނަ ގދ ކޮވިޑް ފެސިލިޓީގައި މިވަގުތު 1 ފަރާތަކަށް ފަރުވާދެމުންދާއިރު، އެ ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް 3 ފަރާތެއް ވަނީ ނިޔާވެފައެވެ.
ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 73 ފަރާތެއްގެ ސާމްޕަލް ނަގާފައިވާއިރު، 88 ސާމްޕަލްގެ ނަތީޖާ ލިބިފައިނުވެއެވެ.