ޚަބަރު
ރޮނާލްޑޯ އަނެއްކާވެސް މެންޗެސްޓާ ޔުނައިޓެޑަށް

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއެއް ކަމަށްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ނިންމައިފިއެވެ.

ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑްއާ ގުޅެން އުޅޭކަން ދުނިޔޭގެ މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓެއް ކަމަށްވާ، ފެބްރީޒިއޯ ރޮމާނޯ އަދި ގޯލް އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިޓްރާންފާގެ އަގެއްގެ ގޮތުގައި 15 މިލިއަން އަދި 8 މިލިއަން ޕައުންޑު ޔުނައިޓެޑުން، ޔުވެންޓަސްއަށް ދައްކަން ޖެހެއެވެ.

މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ފުރަތަމަ ރޮނާލްޑޯ ގުޅިފައިވަނީ 2003 ވަނަ އަހަރުއެވެ. އެއަހަރުގެ 40 އެޕިއަރެންސާއެކު 6 ގޯލު މެންޗެސްޓާއަށް ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވެއެވެ. ރޮނާލްޑޯ މެންޗެސްޓާ ދޫކޮށް ރެއަލް މެޑްރިޑާ ގުޅިފައިވަނީ 2009 ވަނަ އަހަރުގެ ސީޒަން ނިންމާފައެވެ. އެސީޒަންގައި 53 އެޕިއަރެންސާއެކު 26 ގޯލު އޭނާވަނީ ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައެވެ.

އެގޮތުން ރެއަލް މެޑްރިޑްގައި 8 އަހަރު ހޭދަކުރުމަށްފަހު، ޔުވެންޓަސް އާއި ގުޅިފައިވަނީ 2018 ވަނަ އަހަރުއެވެ.

 

Comment