ޚަބަރު
އަތޮޅު ކައުންސިލްތަކުގެ ނާއިބް ރައީސުންނަށް މުސާރަ ބޮޑުކޮށްފި

އަތޮޅު ކައުންސިލްތަކުގެ ނާއިބް ރައީސުންނަށް އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އަތޮޅު ކައުންސިލްގެ ނާއިބު ރައީސުންނަށް 1000 ރުފިޔާގެ އިތުރު އެލެވެންސެއް ދިނުމަށް އެކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއާއެކު އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ 21000 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މީގެ ކުރިން  އަތޮޅު ކައުންސިލުގައި ތިއްބަވާ އެހެން ރަށްތައް ތަމްސީލްކުރާ ކައުންސިލަރުންނަށް ދޭން މަޖުލީހުން ފާސްކޮށްފައިވާ މުސާރައަކީ އިނާޔަތްތަކާއެކު 20000 ރުފިޔާއެވެ.
ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރައަކީ އިންޔާތްތަކާއެކު 28000 ރުފިޔާއެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަންޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަންޖެހޭނެކަމަށް ބަޔާންކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މާލިއްޔަތު އެކޮމިޓީއަށް ސިޓީ ފޮނުވުމާ ގުޅިގެން އެކަމަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އަތޮޅު ކައުންސިލްގެ އެހެން މެންބަރުންނާއި ކައުންސިލްގެ ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ގެންނަން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަޢީދު ކުރައްވައި އެލަވަންސްގެ ގޮތުގައި 1000 ރުފިޔާދޭން ފާސްކުރީ ކޮމިޓީގެ އަޤްލަބިއްޔަތުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!