ހޮސްޕިޓަލެއްގެ ބޭރުގައި މީހަކު އޭނާގެ މަންމަ އުރާލައިގެން ހުރި ފޮޓޯއަކަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ.
“ވީލް ޗެއަރ އަންނަންދެން މަންމަ އުލާރަލައިގެން” މިހެން ޖެހުމަށްފަހު މީހަކު ޝެއަރ ކޮށްފައިވާ ޕޯސްޓެއްގައި ފެންނަނީ، ފިރިހެން ދަރިއަކު އޭނާގެ މަންމަ އުރާލައިގެން ޓްރީޓޮޕް ހޮސްޕިޓަލްގެ ބޭރުގައި މަޑުކޮށްގެން ހުންނަތަނެވެ. ވީލްޗެއަރ އަންނަންދެން އޭނާގެ މަންމަ އުލާރައިގެން ހުރި މަންޒަރަކީ ހިތްގައިމު މަންޒަރެކެވެ.
އެދަރިފުޅު އޭނާގެ މަންމަ ދެކެވާ ލޯބި ފެނިގެން މިދިޔައީ ކިހާ ސާފުކޮށް ހެއްޔެވެ. ދަރިފުޅު ކުޑައިރު އެއްވެސް ވަރުބަލިކަމެއް ނެތި އެމަންމަ ވެފައިވާ ގުރުބާނީގެ އަގު ވަޒަންކޮށްދެވެނީ މަދު ބަޔަކަށެވެ. ނަމަވެސް މި ފިރިހެން ދަރިފުޅު މިވަނީ، މަންމަ އަށް އަޅާލުމުގައި ނަމޫނާ ދައްކަވާފައެވެ.
ވީލް ޗެއާރ އަންނަންދެން މަންމަ އުރާަލައިގެން ❤️
📸: Hussain Shahid pic.twitter.com/4tCf1oA9U4
— Midhuam Saud(米渡)🇲🇻 (@midh_am) August 28, 2021
މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ވަރަށް މުހިންމު މަތިވެރި ދަރަޖައެއް ދެއްވާފައިވާ ކަމެކެވެ. އެހެނީ މައިންބަފައިންނަކީ އިންސާނުން މިދުނިޔެއަށް ފޮނުއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ ސަބަބެވެ. އެހެންކަމުން މަންމައާއި ބައްޕައަށް އިޙުތިރާމްކޮށް އެބައިމީހުންނަށް އަޅާލުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. މިދީ ދީނީގޮތުންނާއި ދުނިޔަވީ ގޮތުންވެސް އަޅުގަނޑުމެން އަދާކުރަން ޒިންމާއެކެވެ.
ދޮންބެ ތީ ރީތި ނަމޫނާއެއް ️ ވަރަށް ލޯބިވޭ