ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ދެބައި ވެފައިވާއިރު، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިމިގެން ދާކަމީ ރައްޔިތުންނަށް ލިބޭ އުފަލެއްކަމުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ، ރ.މަޑުއްވަރީގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި، 8 ކްލާސްރޫމުގެ މަސައްކަތް ނިމި، އިމާރާތުގެ ފޮޓޯއާއިއެކު ކުރެއްވި ޓްވީޓެއްގައެވެ.
ރ.މަޑުއްވަރި މަލްޓި ޕާޕަސް ހޯލް އަދި 8 ކްލާސް ރޫމް އިމާރާތް. ހުރިހާ މަސައްކަތްތައް ނިމި އިންސްޕެކްޝަން ހެދުމުގެ މަރުހަލާގައި. ދައުރު ދެބައިވީ އިރު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިމިގެން ދާކަމީ ރައްޔިތުންނަށް ލިބޭ އުފަލެއް. – އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ)
ރ.މަޑުއްވަރި މަލްޓި ޕާޕަސް ހޯލް އަދި 8 ކްލާސް ރޫމް އިމާރާތް. ހުރިހާ މަސައްކަތްތައް ނިމި އިންސްޕެކްޝަން ހެދުމުގެ މަރުހަލާގައި. ދައުރު ދެބައިވީ އިރު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިމިގެން ދާކަމީ ރައްޔިތުންނަށް ލިބޭ އުފަލެއް.#ރަނުންރަނަށް#އޯގާތެރިސަރުކާރު#ރައްޔިތުންގެރައީސް pic.twitter.com/QI4PgK5T3D
— Moosa Ali Manik 🇲🇻 (@VMookey) August 27, 2021
މިހާރު ކުރިއަށް މިދާ ވެރިކަމުގެ ދައުރު ނިމޭއިރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ޞާލިހު ވެގެންދާނީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ޗެމްޕިއަންގެ ގޮތުގައި ކަމަށް މޫކޭ ވަނީ މީގެ ކުރިން ސިފަ ކުރައްވާފައެވެ.
އާރުޑީސީގެ މަސައްކަތްތަށް މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރަމުން އަންނައިރު، ގިނަ މަސައްކަތްތައް ހުރީ ނިމުމަކާއި ގާތް ވެފައި ކަމަށް އެ ކުންފުނިިންބުނެއެވެ. އަދި ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރުގެ މެދުތެރޭ ނިމި، ރައްޔިތުންނަށް ޚިދުމަތްދޭން ފެށޭވަރުވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.