ދަނޑުވެރިކަމަށް މަޝްހޫރު ކ.ކާށިދޫގައި ފަޅޯ ދަނޑަކަށް ގެއްލުންދީ 115 ފަޅޯގަސް ބިމާ ހަމަކޮށްފިއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތަކަސް ގެއްލުންދިނީ ސީދާ ކޮންބައެއް ކަމެއް އަދި ނޭނގޭ ކަމަށާއި، ނަމަވެސް ދޭތެރެ ދޭތެރެއިން ދަނޑު ތަކަށް ގެއްލުން ދޭކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ދަނޑުތަކަށް ގެއްލުންދޭ ސީދަ ސަބަބެއް ނޭނގޭ ކަމަށާއި، ނަމަވެސް ބޮޑަށް ލަފާވަނީ ވިޔަފާރީގައި ޒާތީ ވާދާވެރިކަމެއް އޮވެގެން ކުރާ ކަމެއް ކަމުގައި ކަމަށް އޭނާ ވަނީ ސިފަ ކޮށްފައެވެ.
ގެއްލުން ދިން ފަޅޯ ދަނޑުގައި 120 އާއި ކައިރި ކުރާ އަދަދަށް ފަޅުގަސް ހުރި ކަމަށާއި، 155 ގަސް ބިމާއި ހަމަކޮށްފައި ހުރި އިރު އެގަސް ތަކުގައި ރަނގަޅު އަދަދަކަށް ފަޅޯ އަޅާފައި ހުއްޓެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާއިގެން ބަލަމުންނެވެ.