ވ އަތޮޅު ތިނަދޫ އާއި، އދ.މަހިބަދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.
ތިނަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
ތިނަދޫ ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ބުނީ މި މަހު 24 ވަނަ ދުވަހު ފްލޫ ކްލިނިކަށް ގޮސް ކޮވިޑް-19 އަށް ޓެސްޓް ކުރި މީހަކު އެ ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އޭނާއާ ގާތުން އެއްތާވި މީހުން ހޯދަން ކުރި މަސައްކަތުން އިތުރު ދެ މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އެމީހުންނާ އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
މި ވޭދަނަތަކާ ގުޅިގެން އެޗްޕީއޭ އިން ވަނީ މިއަދު ހެނދުނު އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. މިއީ މަހިބަދޫ މޮނިޓަރިން ހާލަތަށް ގެނައި ތިން ވަނަ ފަހަރެވެ.
މިމަހުގެ މިހާތަނަށް ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތަށް ގެނައި ނަމަވެސް އޭގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ 14 ރަށެލެވެ.