ގދ މަޑަވެލިން މިއަދު އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ގދ މަޑަވެލި ހެލްތު ސެންޓަރުން ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި މިއަދު އެރަށުން އިތުރު 4 ފަރާތެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއާއެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 8 އެވެ.
މަޑަވެލިން މިހާތަނަށް 78 ސާމްޕަލް ނަގާފައިވާއިރު 16 ސާމްޕަލްގެ ނަތީޖާ ލިބިފައިނުވެއެވެ.
ގދ މަޑަވެލިން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާ ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ހެނދުނު 09:03 ގައެވެ. ގދ މަޑަވެލިން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ކާޑެއްދޫ އެއަރޕޯޓް އިން ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވުނު ފަރާތެކެވެ.