ގދ ތިނަދޫއިން ކޮވިޑް-19 އަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ފައްސިވެފައިވަނީ އެންމެ ފަރާތެކެވެ.
ގދ ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެރަށުން މިއަދު އެކަކު ފައްސިވެ، އެކްޓިވް ކޭސްގެ އަދަދުވަނީ 27 އަށް އަރާފައެވެ. ތިނަދޫއިން މިއަދު ފައްސިވެފައިވާ ފަރާތަކީ ޑައިރެކްޓް ކޮންޓެކްޓް ގޮތުގައި ފާހަގަ ކުރެވިފައިވާ ފަރާތެކެވެ.
ތިނަދޫއިން ކޮވިޑް-19 އަށް ޖުމްލަ 968 ފަރާތެއް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 939 ފަރާތެކެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ތިނަދޫއިން އިތުރު 19 ފަރާތެެއްގެ ސާމްޕަލް ނަގާފައިވާއިރު، 45 ސާމްޕަލްގެ ނަތީޖާ ލިބިފައިނުވެއެވެ.
ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިއަދު އިރުއޮއްސި 6:30 ގައި 90 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ނިޔާވެފައެވެ. އެއާއެކު އެފެސިލިޓީގައި ކޮވިޑް ބައްޔަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ 4 ފަރާތެކެވެ.