ޚަބަރު
ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކުރި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އައްޑޫ ސިޓީ ހިތަދޫގެ ފިހާރައެއްގެ ތެރެޔަށް ވަދެ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކުރި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ހިތަދޫ “ތްރީ އެސް މާރޓް” ފިހާރައިގެ ތެރޭގައި ހުއްޓާ ހަމަލާ ދިން މީހާގެ މެޔަށާއި އަތަށް ވަނީ ވަޅިން ހަމަލާދީފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިމީހާ އަކީ އެފިހާރަޔާ ޖެހިގެން ހުންނަ ސްޓޭޓް ބެންކް އޮފް އިންޑިޔާގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

ފުލުހުން ވިދާޅުވިގޮތުގައި އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ގްރޫޕެއް ހަދައިގެން ދިޔަ ބަޔަކު ވަދެ އެ ފިހާރައިގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 7:30 ހާއިރު ކަމަށާއި މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެހެންނަމަވެސް މިހަމަލާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!