ފެންޑާ
ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަންގެ ކާސްޓިންގ ކޯލެއް މިރޭ ބާއްވަނީ

ދިވެހި ފިލްމި ދާއިރާއަށް އަލަށް ވަންނަން ބޭނުންފުޅުވާ ފަރާތްތަކަށް މިރޭ ސީޑްބައި ބީސީސީގެ އޮފީހުގައި ކާސްޓިންގ އޮޑިޝަނެއް ބާއްވާނެކަމަށް ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން އިއުލާންކޮށްފިއެވެ.

ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރ އަލީ އުސާމް(ދޮނާ) މީޑިޔާއަށް މައުލޫމާތު ދިންގޮތުގައި މިރޭ ހަތަކުން ދިހައަކަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިއޮޑިޝަނަކީ ފިލްމީ ދާއިރާގައި އެކްޓްކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވެގެން ދާނެ ކަމަށާއި އުންމީދަކީ ޝައުގިވެރިކަން ހުރި ވީހާ ވެސް ގިނަ ކުދިން ބައިވެރިވުން ކަމަށެވެ.

ދޮނާ ބުނާގޮތުގައި މިގޮތަށް ކާސްޓިންގ ކޯލެއް ހުޅުވާލުމުގެ މަޤްސަދަކީ މިދާއިރާއަށް ވަންނަން ބޭނުންވެފައި ގިނަބަޔަކު ތިބުމާއި ގުޅިގެން އާ މޫނުތަކެއް ތައާރަފް ވުމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި ޔޫއްޕެގެ ކުރިއަށް އޮތް ބޮޑު ވެބް ސީރީޒް އާއި ޝައި ޕްރޮޑަކްޝަންގެ ކުރިއަށް ހުރި ޕްރޮޖެކްތަކަށް ކާސްޓުން ހޯދުމުގެ މަގުސަދުގައި ބާއްވާ އޮޑިޝަނެއް ކަމަށެވެ.

ކުރިޔަށް އޮތްތާނގައި ޑްރާމާތަކަށް ސްކްރިޕްޓް ލިޔުމާއި، މޭކަޕް އާޓިސްޓުންގެ އިތުރުން ފެށަން ޑިޒައިނަރުންނަށް ކާސްޓިންގ ކޯލެއް ބާއްވާނެކަމަށް ދޮނާ ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!