ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނަށް ނިންމި ނިންމުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ ހަރުކަށި ފިކުރަށް މީހުން ދަނީ އިސްލާމް މުޤައްރަރުގެ ސަބަބުން ނޫން ކަމަށާއި އިސްލާމް މުގައްރަރުތައް ހެދިފައި ވަނީ އެންމެ މީހެއް ނުވަތަ ދެމީހެއްގެ ވިސްނުމަށް ނޫންކަމަށެވެ. އަދި މުގައްރިރުތައް ހަދާފައި ހުންނަނީ އިސްލާމް ދީން ކިޔަވައިގެން ތިއްބެވި އެތައް ބޭފުޅުންނެއް ހިމެނޭ ކޮމިޓީއަކުންކަމަށާއި އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުމުގެ ދަށުން އިސްލާމް މުގައްރިރުތަކުގައި ހަރުކަށި ކަމަކަށް ހިތްވަރު ދެވިފައިނުވާކަންވެސް ޢަލީ ޒައިދު ފާހަގަކުރެއްވިއެވެ.
Islam muqarrar thah hedhifai vany enme meeheh 2 meehe ge visnumakah noon! Islam dheen Kiyavaigen thibi ethah beyfulhuneh himeney committee akun. Adhi eah fahu Islamic Ministry ge seedhaa belumuge dhashun! Islam muqarrar thakugai harukashi kamakah hih varu dhevifa eh noannaane!
— Ali Zaid (@alizaid1000) August 29, 2021
V maa Islam muqarra thakah Harukashi kamuge thuhumathu koh B faction beyfulhun russan Islam muqarrar thakaa kulhe koshaa mashai hedhumaky ehves haaleh gai qabool kureveyne kameh noon! 100% yageen Islam muqarrar thakaa gulhigen noon kan meehun harukashi visnumah dhany.
— Ali Zaid (@alizaid1000) August 29, 2021
ރޭ ބޭއްވުނު އެމްޑީޕީގެ ޤައުމީ މަޖުލީހުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ “މެއި ހަޔެއް” ކޮމިޓީގެ މުޤައްރިރު ހަސަން އަފީފް ވިދާޅުވީ މިދިޔަ ބްރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކޮށް ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު ވާހަކަދެކެވުނު ކަމަށެވެ. ސްކޫލްތަކުގައި ހަރުކަށި ފިކުރު ފެތުރުނަ ނުދީ ހުއްޓުވުމަށް ރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިންއާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިކަމަށެވެ.
އަފީފް އިތުރަށް ވިދާޅުވެފައިވަނީ، އިސްލާމް މާއްދާގައި ހުރި ނަފްރަތު އުފައްދާފަދަ ބައިތައް އެ މާއްދާއިން އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާކަމަށާއި، އެފަދަ ފިކުރުތައް ހުއްޓުވުމަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ގެންނަނީ ކިހާ އަދަދެއްގެ ޓީޗަރުންކަމެއް ހާމަކޮށްފައެއްނުވެއެވެ.