ޚަބަރު
ހުވަދޫ ޕީސީއާރް ލެބް ހުޅުވައިފި

ވަން އޯން މޯލްޑިވްސްއިން ދުވާލަކު 1500 ޕީސީއާރު ޓެސްޓު ހެދޭ ސެންޓަރެއް ތިނަދޫގައި މިއަދު ހުޅުވައިފިއެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ހުވަދު ޕީސީއާރް ލެބުގެ ނަމުގައި ހުޅުވ ޕީސީއާރް ލެބް މިއަދު ތިނަދޫގައި ހުޅުވައިދެއްވީ ތިނަދޫ ކައުންސިލް ސައުދު އަލީ އެވެ.

ހުވަދޫ ޕީސީއާރް ލެބުގެ މެނޭޖިންގ ޑިރެކްޓާ އިބްރާހިމް ސައީދު އަހުމަދު  ވިދާޅުވީ މިލެބަކީ ހުވަދު އަތޮޅުގެ ރިސޯޓުތަކަށް ޓާގެޓްކޮށްގެން ތިނަދޫގައި ހުޅުވާ ފުރަތަމަ ޕްރައިވެޓް ޕީސީއާރް ލެބްކަމަށާއި މި ލެބުން ފަތުރުވެރިންގެ އިތުރުން ހުވަދު އަތޮޅުގެ އެންމެހާރައްޔިތުންނަށް  ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ޤާއިމްކޮށްދިނުމަށްޓަކައި ހުޅުވި ލެބެއް ކަމަށެވެ.

ވަން އޯން މޯލްޑިވްސްއިން  ތިނަދޫއައި ހުޅުވި ހުވަދޫ ޕީސީއާރު ސެންޓަރުގައި ބަހައްޓާފައިވާ ޕީސއާރް މެޝިނަކީ ދުނިޔޭގެ އެންމެ ކޮލެޓީ ޕީސީއާރް ޓެސްޓިންގ މެޝިންއެއް ކަމަށާއި މިލެބުގައި ދުވާލެއްގެ މައްޗަށް 1500 ޕީސީއާރް ޓެސްޓް ކުރުމުގެ ޤާބިލުކަން ހުރި ކަމަށް ވަން އޯން މޮޑިވްސްއިން މައުލޫމާތުދޭއެވެ.

ހުވަދޫ ޕީސީއާރުސް ސެންޓަރު ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ ކައުންސިލުގެ ނައިބުރައީސް ނަސްރުﷲ އަލީގެ އިތުރުން ކައުންސިލް މެންބަރު އާމިނަތު ނަސީމާ އާއި އަހުމީމާ އަހުމަދު އަދި ވަން އޯން މޯލްޑިވްސް މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ސައީދު އަހުމަދުއާއި އެތަނުގެ މުއައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!