ޚަބަރު
ޒަމާނީވުމަކީ ހުރިހާ ކަމެއް ފުރޮޅާލުމެއް ނޫން، އުޅެނީ ނުރައްކާތެރި އެޖެންޑާއެއް ފަތުރަން: ޑރ ޖަމީލް

ޒަމާނީވުމަކީ ހުރިހާ ކަމެއް ފުރޮޅާލުން ކަމަށާއި، އުޅެނީ ނުރައްކާތެރި އެޖެންޑާއެއް ފަތުރަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ، ސްކޫލްތަކުގައި ހަރުކަށި ފިކުރު ހުއްޓުވުމަށް ކަމަށްބުނެ، އިސްލާމް މާއްދާ ކިޔަވައިދޭން ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފައްޓަވާފައިވާ މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އޮންލައިން ނޫސް “ވަގުތު” ގައި ޝާއިޢު ކޮށްފައިވާ ހަބަރު ރީޓުވީޓް ކުރެއްވުމަށްފަހު ޑރ ޖަމީލް ވިދާޅުވީ، ޒަމާނީވުމަކީ ހުރިހާ ކަމެއް ފުރޮޅާލުމެއް ނޫން ކަމަށާއި، އިސްލާމް ފޮތް ބަދަލުކޮށް ބޭރު މީހުން ގެންނަންޖެހުނީ ކޮން ކަމެއް ބަދަލުވެގެންތޯ އަދި ނަފްރަތު ކަމަށް ބަޔަކު ބުނުން އެއީ ޙުއްޖަތްތޯ ވިދާޅުވެ. ސުވާލު އުފައްދާފައިވެއެވެ.

އަދި އޭގެ އިތުރުން އެމްޑީޕީގެ ކޮންމެ ވިސްނުމަކީ ރައްޔިތުން ބޭނުން ގޮތްކަން އެނގެނީ ކިހިނެއްކަން ވެސް ޑރ ޖަމީލް ސުވާލުކުރައްވާފައިވެއެވެ. ޑރ ޖަމީލް އިތުރަށް ވިދާޅުވީ، ސަރުކާރުން އަދި އެމްޑީޕީއިން އުޅެނީ ނުރައްކާތެރި އެޖެންޑާއެއް ފަތުރަން ކަމަށެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ “މެއި ހައެއް ކޮމެޓީ” އިންވަނީ މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއާއި ބައްދަލުކުރައްވާ، ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު މަޝްވަރާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!