ޚަބަރު
އޯޓިޒަމް ކުދިންނަށް ހާއްސަ ފޮތެއް ނެރެފި

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން އޯޓިޒަމް ކުދިންނަށް ހާއްސަކޮށްގެން އަތްމަތީ ފޮތެއް މިއަދު ނެރެފިއެވެ.

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ކުރިއަށްގެންދިޔަ މިރަސްމިއްޔާތުގައި “އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން” އަތްމަތީ ފޮތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިސަރުކާރުގައި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިންނަށްވެސް ސްކޫލުގައި ކިޔެވޭނެ މަގުފަހިވެގެންދާނެކަމަށެވެ. އަދި އެކަމަށްޓަކައި މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރައްރަށަށް އަމާޒުކޮށްގެން ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުވެސް ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ޤާއިމްކޮށްފައިވާކަން ނައިބު ރައީސް ފާހަނގަކުރެއްވިއެވެ. މިސެންޓަރުގެ ބޭނުމަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމަށާއި މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މިއަދު ނެރުނު ފޮތަކީ ރައްޔިތުންނަށް ދެއްވި އަގުހުރި ހަދިޔާއެއް ކަމަށާއި މިފޮތް ނެރުމުގެ މަސައްކަތުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކޮށްފައެވެ.

އޯޓިޒަމް އެސޯސިއޭޝަނުން ވިދާޅުވާގޮތުގައި މިފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެގޮތާއި، އެކުދިންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖްކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ އިތުރުން ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި މިފޮތުގެ ބޭނުން ކުރެވިދާނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!