ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށާއި ވަގުތުން ރައީސް ޔާމީން މިނިވަންކުރައްވަން ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލިޖީ މިނިސްޓަރ ޑރ.މުޙައްމަދު މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.
މަލީހް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރީ އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް އެމަނިކުފާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ޤާޟީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒޫ ހުސައިން ފާއިޒް ރަޝާދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މަލީހްގެ ޓުވީޓުގައި ވިދާޅުވީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަމަލުކުރެވެމުންދާ އުސޫލުތަކާއި ޚިލާފަށް ވަކި ބައެއްގެ ނުފޫޒުގެ ދަށުވެ ހުކުމެއް އިއްވާ އެތައް ހައްޤެއް ނިގުޅައިގަތުމަށް ވުރެ ބޮޑު އަނިޔާއެއް ނޯންނާނެ ކަމަށާއި އަދި އެއީ ލަދުވެރި ކަމެއް ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ. އެހުކުމް ހައިކޯޓުގައި ޔާމީން އިސްތިއުނާފު ކުރެއްވުމުން އެކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ދައްކާނެ ވާހަކަ އެއް ނެތިއްޔާ ބަސްއަހައިގެން ގޭގަ އޮވެބަލަ.