ޚަބަރު
އުރީދޫއާއެކު 3 ޕްރޮޖެކްޓެއް ހިންގުމަށް ތިނަދޫ ކައުންސިލުން މަޝްވަރާކޮށްފި

އުރީދޫ މޯލްޑިވްސް އާއެކު 3 ޕްރޮޖެކްޓެއް ހިންގުމަށް ތިނަދޫ ކައުންސިލުން މިއަދު މަޝްވަރާކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، އުރީދޫއާއެކު ތިނަދޫ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވާރާކުރައްވާފައިވާ ކަންތައްތަކަކީ ތިނަދޫ މިއުޒިއަމް ޕާކްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ތިނަދޫ މިއުޒިއަށް ލައިބްރަރީގައި އީ-ލައިބްރަރީއެއް ގާއިމް ކުރުމުގެ އިތުރުން ތިނަދޫގެ އެކި އެކި ސަރަހައްދުގައި ކެމެރާ ހަރުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ރައީސް ސައުދު ވިދާޅުވީ، މިމަޝްވަރާތަކާއެކު ތިނަދޫގައި ހިންގުމަށް ކައުންސިލުން އެދިފައިވާ ކަންތައްތައް ކުރެވިދާނެ ކަމުގެ އިޝާރާތެއް އުރީދޫއިން ދެއްވި ކަމަށާއި، އަދި މިކަމާ ގުޅޭ އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށެވެ.

މިމަޝްވަރާ ބައްދަލުވުމުގައި އުރީދޫގެ ބޭފުޅުންގެ އިތުރުން ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ، ނައިބު ރައީސް ނަސްރުﷲ އަލީ އާއި ކައުންސިލް މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ ގެ އިތުރުން ކައުންސިލް މެމްބަރު އާމިނަތު ނަސީމާ އަދި އަހުމީމާ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.