ޚަބަރު
އެމް.ޓީ.ސީ.ސީން ހިލޭ ގުޅޭނެ ނަންބަރު 1650 ތައާރަފްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ޚިދުމަތްތަކުގެ މައުލޫމާތު ހޯދުމަށް ހިލޭ ގުޅޭނެ ނަންބަރ 1650 ތައާރަފްކޮށްފިއެވެ.

މިހޮޓްލައިން ނަންބަރާއެކީ އެމްޓީސީސީން ވަނީ ކޯލް ސެންޓަރެއްވެސް ޤާއިމްކޮށްފައެވެ. 24 ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދޭ މިކޯލް ސެންޓަރުގައި ވަޒީފާ އަދާކުރާނީ އެކަމަށް އެކަށީގެންވާ ތަމްރީނު ދީފައިވާ މީހުން ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ކުންފުނީގެ ހުރިހާ ޑިވިޒަންތަކާއި ބެހޭ މައުލޫމާތު އެއް ނަންބަރަކުން ހޯދޭނެ މަގު އެކުންފުނިން ވަނީ ރައްޔިތުންނަށް ފަހިކޮށްދެއްވާފައެވެ.

އެމްޓީސީސީގެ ހޮޓްލައިން ތައާރަފްކުރެވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ “ޓޯލް ފްރީ” ޚިދުމަތެއްކަމުން، މި ނަންބަރުގެ ޚިދުމަތް ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭނެކަމަށާއި މިއީ ގިނަ މަޝްރުޢުތަކެއް ހިންގާ ކުންފުންޏެއްކަމުން، ކޮންމެ ދުވަހަކުވެސް އެކި ބޭނުންތަކުގަ ގިނަ ބަޔަކު ގުޅާކަމަށެވެ. ނަމަވެސް ގުޅަންވީ ނަންބަރު އޮޅުންއަރައި ކަސްޓަމަރުންނަށް ދިމާވި އުނދަގޫތަކަށް، ހޮޓްލައިން ނަންބަރާއެކު ޙައްލު ލިބިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.
“މަހެއްގެ މައްޗަށް 2000ކޯލް، އެއީ ދުވާލަކަށް 100އަށްވުރެ ގިނަ ކޯލް އެބަ އާދޭ މަޢުލޫމާތު ސާފުކުރަން. މި ނަމްބަރާއެކު ސީދާ ބޭނުންވާ ޑިވިޝަނަށް ކޯލް ޕާސް ކުރެވި މަޢުލޫމާތު ހޯދުމަށް ބޮޑު ލުޔެއް ލިބޭނެ.” އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ހޮޓްލައިންގެ ޚިދުމަތް ފެށުމާއެކު، އެމްޓީސީސީން ކަސްޓަރުންނާ ގުޅުމަށް މިހާރު ބޭނުންކުރާ ނަންބަރުތައް 1 މަސް ދުވަހުގެ ތެރޭގަ ބޭނުންކުރުން ހުއްޓާލާނެކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!