އެމްޑީޕީއިން މިއަދު ކިޔައިދެމުން ގެންދަނީ ވެރިކަމާއި ބާރަށްޓަކާ އިދިކީލަވެއްޖެ ނަމަ ކަނާތުން ޖަހާ ވައަތްވެސް ބުރިކޮށްލަފާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލިޖީ މިނިސްޓަރ ޑރ.މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެރިކަން ހަވާލުކުރީމަ ގަބީލާތެރެ ތަޅާފޮޅީމަ އެކަމުން ރައްޔިތުންނާށްވާ ފައިދާ އަކީ ކޮބައިތޯ ކަމަށާއި، އެމްޑީޕީއިން މިއަދު ކިޔައިދެމުބް އެދަނީ ވެރިކަމާއި ބާރަށްޓަކާ އިދިކީލަވެއްޖެ ނަމަ ކަނާތުން ޖަހާ ވައަތްވެސް ބުރިކޮށްލަފާނެ ކަމަށެވެ.
މަލީހް މިފަހަކުން ގެންދަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެ ސަރުކާރުތެރޭ ގޯސްކޮށް ކުރަމުންދާ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އެގޮތުން މިއަދުވެސް މަލީހް ވަނީ، ކުރީގެ ރައީސް ޔާމީން ޖަލަށްލާން ހުކުމްކުރީ އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް އެމަނިކުފާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ޤާޟީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވުމާއި ގުޅިގެން، ވަގުތުން ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް ގޮވާލައްވަވާފައެވެ.