ޚަބަރު
ފަނޑިޔާރުންގެ އޯޑިޔޯތަކަށް ބަލައި ރައީސް ޔާމީން މިނިވަންކުރަން ޖެހޭ: ނަވާޒު

ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އޯޑިޔޯތަކުން ހާމަވި ކަންތައްތަކަށް ބަލައި ރަޢިސް ޔާމީން ދޫކޮށްލަންޖެހޭކަމަށް ކުރީގެ އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް ނަވާޒު ވިދާޅުވެއްޖެއެވެ.

ލީކުވި ފަނޑިޔާރުންގެ އޯޑިޔޯތައް ތަހިޤީގުކުރުމަށާއި ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ނަވާޒް ވަނީ ޓްވީޓެއްކޮށްފައެވެ. ނަވާޒް ވިދާޅުވާ ގޮތުގައި މިއޯޑިޔޯތަކުން ހާމަވި ކަންތައްތަކަކީ މުޅިން ޤަވައިދާއި ޤާނޫނާ ޚިލާފް ކަންތައްތަކެކެވެ.

ރައީސް ޔާމިންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުން ކަމަށްވާ ޤާޒީ އަލީ އާދަމް އާއި އަލީ ސަމީރާއި ހުސައިން ފާއިޒުގެ އޯޑިޔޯތަކުން ހާމަވެގެންދަނީ ރައީސް ޔާމިންގެ ޝަރީއަތަށް ސަރުކާރުން ސީދާ ނުފޫޒު ފޯރުވަމުންދާ ކަމެވެ.

ޤާޒީ އަލީ އާދަމްގެ ވާހަކައިން ހާމަވެގެންދަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި އިސް ޤާޒީ ވަނީ، ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވެވުމުން، އޭނާއަށް ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަ ލިބޭނެކަމަށާއި ޤާޒީ އަލީ އާދަމް އަށް ކްރިމިނަލް ކޯޓުގެ އިސް ޤާޒީކަން ލިބޭނެކަން އެނގިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް އޭނާއަށް ކްރިމިނަލް ކޯޓުގެ އިސް ޤާޒީކަން ދީފައިނުވާތީ އޯޑިޔޯގައި އަލީ އާދަމް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

“ދެން އަޅުގަނޑު ގާތު އަލީ ރަޝީދު ގާޒީ ދެންނެވީ ވަރަށް ރަނގަޅަށޭ އޮތީ. އަލީ ރަޝީދު ޤާޒީ ބަދަލުވަނީ ސުޕްރީމް ކޯޓަށޭ. އަޅުގަނޑަށް ކްރިމިނަލް ކޯޓުގެ އިސް ޤާޒީކަން ދޭން ދަންނަވާނަމޭ” އޯޑިއޯގައި އަލީ އާދަމް ވިދާޅުވެއެވެ.

މީގެ އިތުރުން ހުކުމްގައި އޮތްއެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ޤާޒީ އަލީ އާދަމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިއްވެވީ ޤާޒީ އަލީ ރަޝީދު ކަމަށާއި ބެންޗު އެކުލަވާލައި ރައީސް ޔާމީނަށް ހުކުމް ކުރެއްވުމަކީ ޤާޒީ އަލީ ރަޝީދު ކުރެއްވި ކަމެއް ކަމަށް ޤާޒީ މުހައްމަދު ސަމީރުގެ އޯޑިއޯގައި ވަނީ ވިދާޅުވެފައެވެ. ޤާޒީ ހުސައިން ފާއިޒުގެ އޯޑިޔޯއިން ހާމަވި ގޮތުގައި ރައީސް ޔާމިންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ޤާޒީން ރަހީނުކޮށްގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!