މާލޭގެ ކޮޓަރިއެއްގެ ތެރޭގައި މީހަކަށް އަނިޔާކުރާ ވީޑިޔޯއެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
އެވީޑިޔޯއިން ފެނިގެންދާ ގޮތުގައި ދެފިރިހެނުން ވެގެން ޒުވާން މީހަކަށް އަނިޔާކުރެއެވެ. އޭނާގެ ބުރަކަށީގައި ފައިން ތަޅާ ތަން ފެނިގެންދެއެވެ. އަދި އޭނަގެ އިސްތަށިގަނޑުގައި ހިފާ އަނިޔާކުރާތަން އެވީޑިޔޯއިން ފެނިގެންދެއެވެ.
އެކޮޓަރިތެރޭގައި އެހެން ބަޔަކު އުޅޭކަން އެވީޑިޔޯއިން އެގެއެވެ. ހަނޑި ހުތުރު ބަހުން އެއްޗެހި ކިޔާ އަޑުވެސް އިވެއެވެ.
މިވީޑިޔޯގެ މައްސަލަ މިހާރުވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށާއި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލައި މިމައްސަލަ ތަހުޤީގުކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މިމައްސަލަ އަދި ފުލުހުންނަށް ހުށަހެޅިފައި ނުވެއެވެ.