ހުޅުމާލޭގައި މިރޭ ހިގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ބުނީ، ހުޅުމާލޭގަ މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 2 އާއިލާއެއްގެ 13 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާ، ކެއުން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދެވިފައި ކަމަށެވެ.
ހުޅުމާލެ 147 ވަނަ ފްލެޓްގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު 2 ޢާއިލާގެ 13 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާ ވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށް ދެވިފައި. pic.twitter.com/F5tLZEydEY
— NDMA Maldives (@NDMAmv) August 30, 2021
ހުޅުމާލޭ 147 ވަނަ ފްލެޓް ގެ ދެވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއެއް ހިގައި، އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ އަލިފާންގަޑު ކޮންޓްރޯލް ކޮށްފައެވެ. މިހާދިސާގައި އެފްލެޓްގެ ތިންވަނަ ފަންގިފިލާއަށްވެސް ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ނަމަވެސް މިއަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.