މިރޭ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމަށް ނެގި ސިއްރު ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވި ފަރާތްތަށް ކާމިޔާބު ކޮށްފިއެވެ.
މިރޭ ނެގި ސިއްރު ވޯޓުން ވަނީ 9 މެމްބަރަކު އެ މަޖިލީހަށް އައްޔަން ކޮށްފައެވެ.
ވޯޓު ގެ ނަތީއްޖާއިން ހޮވުނު މެމްބަރުން
- އަނަސް އަބްދުއްސައްތާރު – 77 ވޯޓު
- އަހުމަދު ރިޝްވާން – 71 ވޯޓު
- އިބްރާހިމް މުހައްމަދު ދީދީ – 67 ވޯޓު
- އަހުމަދު މައުރޫފް – 67 ވޯޓު
- ފާތިމަތު އިނާޝާ – 66 ވޯޓު
- ހުސައިން ރަޝީދު – 66 ވޯޓު
- އާދަމް މާހިރު – 65 ވޯޓު
- އަހުމަދު ނިޝާދު – 64 ވޯޓު
- ނައުޝާދު އަބްދުލް އަޒީޒް – 63 ވޯޓު
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ޖުމްލަ 18 ބޭފުޅަކު ކުރިމަތިލާފައިވާ އިރު ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވި 9 ފަރާތަކާއި، އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހް ތާއީދު ކުރެއްވި 9 މެމްބަރުން ހިމެނެއެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ނެގި ވޯޓުގައި 120 މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 120 މެމްބަރުން ވަނީ 1036 ފަރާތަކަށް ވޯޓު ދީފައެވެ. އަދި، ބާތިލު ވޯޓުގެ ގޮތުގައި 4 ވޯޓު ހިމެނެއެވެ.