ޚަބަރު
ގާޒީންގެ ލީކުވި އޯޑިއޯތަކުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ހުކުމް އިއްވި ގާޒީންގެ ތެރެއިން ބައެއް ގާޒީން ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ފާސްކޮށްފިއެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާރިއާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަހުސަށް ހުޅުވާލުމަށް ވޯޓު ދެއްވާފައިވަނީ އެންމެ ހަތް މެމްބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 20 މެމްބަރުންނެވެ. އެހެންވެ އެމައްސަލަ ބަހުސް ނުކޮށް ބޭރުކޮށްލުމަށް ފަސްވީއެވެ.

އާންމުވެފައިވާ އޯޑިއޯގެ ތެރޭގައި ހިމެނެނީ، ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއެކެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް މިމައްސަލަ ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް އިތުރު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި އޮތުމުން ގުރުއަތން ހޮވުނީ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި މައްސަލައެވެ. އެއީ ރަސްފަރި ފަރަށް އާގުބޯޓެއް އެރި މައްސަލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!