ޚަބަރު
ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކާ އިތުރު އޯޑިޔޯއެއް ލީކްވެއްޖެ

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކައްދާފައި އޯޑިޔޯއެއް އަނެއްކާވެސް ލީކްވެއްޖެއެވެ. މިފަހަރު ލީކްވެފައިވަނީ އޭސީސީގެ ކުރީގެނައިބު ރައީސް މުއައްވިޒް ރަޝީދުގެ, ކުރީގެ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭ ވާހަކަދައްކާފައިވާ އޯޑިޔޯއެކެވެ.

“ވަގުތު” މީޑިޔާއިން ހާމަކުރާ ގޮތުގައި އެމީޑިޔާއަށް ލިބިފައިވާ އޯޑިޔޯއެއްގައި މުއައްވިޒު ވިދާޅުވެފައިވަނީ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔައިރު އޭނަގެ މައްޗަށް ދައުލަތުގެ ފަރާތުން ޕްރެޝަރތަކެއް އައިސްފައިވާ ކަމަށާއި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން އޭސީސީ އިން ނިންމާފައި ނުވާކަމަށެވެ. އަދި އެފަދަ ތުހުމަތެއް އޭސީސީން ޔާމީންގެ މައްޗަށް ކޮށްފައި ނުވާނޭކަމަށް އޯޑީޔޯގައި ބުނެފައިވެއެވެ.

“އެމީހުން ޕްރެޝަރ ކުރީ ހެކިބަސް ދޭން ކޯޓަށް ދިޔުމަށް. ނުދިޔަނަމަ އެމީހުން މަށާ ދެކޮޅަށް އެއްޗެއް ކްރިއޭޓް ކުރާނޭ” ރަހުމަތްތެރިޔަކާ ވާހަކަ ދެއްކި އޯޑިޔޯގައި މުއައްވިޒު ވިދާޅުވެފައިވެއެވެ.

މުއައްވިޒު އިތުރަށް ވިދާޅުވި ގޮތުގައި އެމީހުންނަކީ ސަރުކާރުގެ ބާރުގަދަ ފަރާތްތަކެވެ. އެހެންނަމަވެސް އެފަރާތްތަކުގެ އިތުރު މައުލޫމާތްތެއް ދީފައިނުވެއެވެ.

“ދިހަ އަހަރު އޭސީސީގައި މަސައްކަތް ކޮށްފައި ނިކުތީމަ ކޮންމެވެސް ކަމެއް އޮންނާނެތާ ބޮލުގައި އެޅުވެން.” މުއައްވިޒް ރަޝީދު ވިދާޅުވިއެވެ.

ޔާމީންގެ އެކައުންޓްގައި އެހުރީ އެމްއެމްޕީއާރްސީގެ ފައިސާކަމަށް އެއްވެސް މީހެއް ކައިރީ ބުނެފައި ވާނެތޯ ރަހުމަތްތެރިޔާ ސުވާލު ކުރުމުން މުއައްވިޒް ވިދާޅުވީ އެހެން އެއްވެސް މީހެއް ކައިރީގައި ބުނެފައި ނޯންނާނެ ކަމަށާއި ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެސްއޯއެފްގެ ޗެކްގައި ސޮއި ކުރި މީހާ އާއި ޗެކް ހިފައިގެން ބޭންކަށް ދިޔަ މީހާ ހުރީ އިނގިރޭސިވިލާތުގައި ކަމަށާއި އެމީހުންނާއި ސުވާލުނުކޮށް މައްސަލައިގެ ތަހްގީގު ފުރިހަމަނުވާނެ ކަމަށެވެ.

މުއައްވިޒު ޤަބޫލުކުރާ ގޮތުގައި އެކައުންޓް ނަންބަރ އެގެންޏާ ކޮންމެ މީހަކަށްވެސް އެއެކައުންޓަކަށް ފައިސާ ޖަމާކުރެވިދާނެއެވެ. އެހެންވިއްޔާ އެންމެ ފުރަތަމަ ސުވާލުކުރަން ޖެހެނީ އެފައިސާ ޖަމާކުރި މީހާއާ ކަމަށާއި މިމައްސަލައިގައި ފުރިހަމަ ތަހުޤީގެއް ކޮށްފައިވާ ކަމަށް އޭނާ ގަބޫލުނުކުރާކަމަށް ރަހުމަތްތެރިޔާ ކައިރީ މުއައްވިޒު ވަނީ ވިދާޅުވެފައެވެ.

އަދީބާއި ޒިޔަތު އޭސީސީ އަށް ކުރިން ދިން ބަޔާނުގައި އެސްއޯއެފްގެ އެއްވެސް ކަމެއް އެނގޭ ކަމަށް ވެސް ހަދާފައި ނުވާކަމަށާއި، އެދެމީހުން އެކި އިދާރާތަކަށް ބަޔާންދީ އެކިފަހަރު ވާހަކަ ދައްކާފައި ވަނީ އެކިގޮތަށްކަން މިއޯޑިޔޯގައި މުއައްވިޒް ވަނީ ފާހަނގަކޮށްފައެވެ.

މުއިއްޒު ވިދާޅުވަނީ ސްޕްރީމް ކޯޓުން މިމައްސަލަ ލލަސްކުރަމުންގެންދަނީ 2023 ވަނަ އަހަރު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޔާމީންއަށް ނުދިނުމަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި މުއައްވިޒުގެ އޯޑިޔޯގެ އިތުރުން ކްރިމިނަލް ކޯޓުން ޔާމީންއަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯ ވެސް މިހަފްތާގައި ވަނީ ލީކްވެފައެވެ. މިއޯޑިޔޯތަކުން ހާމަވެގެންދަނީ ޔާމީންގެ މައްސަލައިގައި ސަރުކާރުގެ ނުފޫޒު ބޮޑުކަމެވެ.

  1. ޢައިކެ

    ކޮބާ އެ އޯޑިއޯ؟