އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް މިހާރު އޮތް ގައުމީ މަޖިލީހުގައި ވޯޓު ނެގުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފާޑުވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އެޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ ކޮމިޓީއަށް އިންތިޚާބުކޮށްފައިވަނީ ޕީޕީއެމްގެ މެންބަރުންކަމަށް ވިދާޅުވެ ބޮންޑެ ވިދާޅުވީ، ޤައުމީ މަޖިލިސް ރޭ ކުރިއަށްދިޔައީ ދުވަހަކުވެސް އެމްޑީޕީގެ އެތެރޭގައި ކަންކަން ނުހިނގަހާ ނާއިންސާފުންކަމަށެވެ.
މިގޮތުން ވަކި ބަޔަކު ކަޓުވާލުމަށްފަހު އިންތިޚާބުކޮށްފައިވަނީ ޕީޕީއެމްގެ މެންބަރުންކަމަށާއި، އޭގެ ތެރޭގައި ޕީޕީއެމްގެ މެންބަރުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ފެންނަ މީހުން ހިމެނޭކަމަށް ބޮންޑެ ވިދާޅުވިއެވެ. ބޮންޑެ ވިދާޅުވީ މީގެ ކުރިން ޤައުމީ މަޖިލީހުގައި ބައިވެރި ނުވާ މީހުންވެސް ރޭގެ ބައްދަލުވުމުގައި ބައިވެރިވިކަމަށެވެ.
އުމުރުހަމަވެފަ އޮތް މަޖިލީހަކުން އެއޮތީ އަނެއްކާ ވެސް އިސްތިއުނާފު ކޯޓެއް، އެއީ ކޮން ކޯޓެއްތޯ އެއީ އެމްޑީޕީގަ ޖެހޭ ހުރިހާ މައްސަލަތަކުގަ ފަހުބަސް ބުނަން އޮތް ކޯޓު މި ނެގީ މުއްދަތު ހަމަވެފަ އޮތް ގައުމީ މަޖިލީހަކުން. – މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން ބޮންޑެ ވިދާޅުވީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ހޮވަން ވޯޓުލީ ގައުމީ މަޖިލީހަކީ އުމުރު ހަމަވެފައިވާ ގައުމީ މަޖިލީހެއް ކަމަށާއި އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ހޮވަން ވާނީ އާ ގައުމީ މަޖިލީހުން ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވަން ބާއްވާ އެތެރޭގެ އިންތިޚާބު އޮތީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. މި އިންތިޚާބުގައި 410 މަގާމަކަށް 735 ކެންޑިޑޭޓުން ވާދަކުރައްވައެވެ.
ފައްކާ ދާ.. ބޭނުންވެނެ ލިކާ ވެގެ ކުން