އެމްޑީޕީ އެޕާޓީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތުން އަތުލަން މަސައްކަތް ކުރަމުންދާ ކަމުގައި، ތިމަރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ވިދާޅުވީ މި ސަރުކާރު ގެންނަން މަސައްކަތްކުރި ފަރާތްތަކަށްވެސް ލިބުނީ ލަގާއެއް ކަމަށާއި އޭނާގެ ހަޔާތުގެ މިވަރުގެ ވެރިކަމެއް ނުދެކޭކަމަށެވެ.
މުސްތަފާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، ދާދިފަހުން އޭނާވަނީ، އެމްޑީޕީގެ ރައީސް ނަޝީދު އިސްވެ ހުންނަވާ މިހާރު އާންމުންގެ ސޮއި ހޯދަމުންދާ ބަރުލަމާ ޕެޓިޝަންގައި ސޮއި ކުރައްވާފައެވެ. އަދި މުސްތަފާ ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މުސްތަފާ ސަރުކާރަށް ފާޑު ވިދާޅުވަމުން ދާއިރު، ރޭގައި ބޭއްވި އެ ޕާޓީގެ ފަނޑިޔާރުންގެ މަޖިލިސް ހޮވުމަށް ބޭއްވުނު ސިއްރު ވޯޓު، ރައީސް ޞާލިޙަށް ތާއީދުކުރާ ފެކްޝަނުން ކާމިޔާބު ކޮށްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
ތިމަރަފުށީ ދާއިރާގެ ކުރީ މެމްބަރު މުހައްމަދު މުސްތަފާއަކީ، ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަޖިލިހުގެ ތެރޭގައި އޭރު މަސައްކަތް ކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި މުސްތަފާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިސަރުކާރާ ދެކޮޅަށެވެ.
ކަލޯ.. އެއްވެސް އިރެއްގަ އެމްޑީޕީ އަކީ އަންނިގެ އެއްޗެއް ނޫން.. އަންނި އުޅެނީ އެމްޑީޕީ އަކީ ތިމާގެ އެއްޗަކަށް ހަދައިގެން
ތެދުފުޅެއް.