ޚަބަރު
މަނީ ހައިސްޓް ސީޒަން 5 ހުކުރު ދުވަހު ސްޓްރީމް ކުރެވޭނެ

ދިވެހިންގެ މެދުގައި މަޤުބޫލު ވެބް ސީރީޒް އެއްކަމަށްވާ މަނީ ހައިސްޓްގެ ސީޒަން 5 އަންނަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭނެއެވެ.

މަނީ ހައިސްޓަކީ މިވަގުތު ނެޓް ފްލިކްސް އިން ދައްކާ ސީރީސް ތަކުގެ ތެރެއިން ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސީރީސް އެކެވެ. އެގޮތުން ސީޒަން 4 އަށް ވަނީ 65 މިލިއަން ވިއުސް ލިބިފައެވެ.

ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މާކާ އަށް މަނީ ހެއިސްޓްގެ ބާނީ، އެލެކްސް ޕިނާ ދެއްވާފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އިތުރަށް މި ސިލްސިލާގެ އިތުރު ސީޒަނެއް އުފެއްދުމަށް ދަތިވެފައިވަނީ ސިލްސިލާގެ ކާސްޓުންގެ ޑިމާންޑާ ގުޅިގެން މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިއަށް ގެންދެވެން ނެތީމައެވެ. އަދި ގަބޫލު ކުރަން ޖެހޭ ކަމަކީ މިހާބޮޑު ކާސްޓެއް ގެންގުޅޭ ކަމަށް ވަންޏާ އުދަގޫތަކެއް ހުންނާނެ ކަމަށެވެ.

މަނީ ހައިސްޓް ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ސީރީޒް އާސީޒަނާއެކު ހިތާމަވެރި ހަބަރެއްވެސް މަނީ ހައިސްޓް އުފައްދާ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ވެންކޯވާ މީޑިއާ އަދި ނެޓްފްލިކްސް އިން ވަނީ ދެއްވާފައެވެ. އެއީ މި ސީޒަނަކީ މި ސިލްސިލާގެ އާ ސީޒަނެއް ބެލުންތެރިންނަށް ފެންނާނެ އެންމެ ފަހު ފަހަރެވެ.

ސީޒަން 5 ދެބަޔަކަށް ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ވޮލިޔުމް-1 އެވެ. އަދި ވޮލިއުމް-2 ނެރެން ހަމަޖެހިފައިވަނީ ޑިސެމްބަރު 3 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!