ސޮސައިޓީ ފޯ ފިޔޯރީ ޔޫތު ކޮމިއުނިޓީ އެންޑް އެންޕަވަރމެންޓް، ސްފައިސް ޖަމްޢިއްޔާއިން ފިޔޯރީ ގައި ހިނގުމަށް ތައްޔާރު ވަމުންދާ ކަސްރަތު ޕްރޮގްރާމް މާދަމާ ފަށާނެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ސްފައިސް ޖަމްޢިއްޔާގެ ރައީސާ ރޫޔާ މުސްތަފާ ވިދާޅުވީ މާދަމާ ހަވީރު ފިޔޯރީ ގައި ފަށާ ކަސްރަތު ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފިޔޯރީ ހެލްތު ސެންޓަރުގާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 30 ދުވަހުގެ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ގައި ކުރިޔަށް ގެންދާނީ މޫދު ކަސްރަތުގެ އިތުރުން ބައެއް ފިޒިކަލް ކަސްރަތް ކަމަށެވެ.
ރައީސާ ރޫޔާ އިތުރަށް ވިދާޅުވީ މީގެ ކުރިން 2020 ވަނަ އަހަރު ފިޔޯރީ ގައި ހިންގި ޕްރޮގްރާމް ފަދައިން މިފަހަރު އެސް ވަރަށް ބޮޑު ތަރުތީބެއް ލިބެމުންދާ ކަމަށާއި އެގޮތުން ފިޔޯރީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އިން ދެމުން ދާ އެއްބާރުލުން ފާހަގަ ކުރަން ބޭނުންވާ ކަމަށެވެ.
ޖުމްލަ 69 ފަރާތުން ބައިވެރިވެފައިވާ ކަސްރަތު ޕްރޮގްރާމް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ “ފިޔޯރީ ހުއްޓޭކޮޑާ”, ސަފު ކުރުމުގެ މަސައްކަތް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ޕްރޮގްރާމްގެ ބައިވެރިވި ފަރާތްތަކާއެކު ސޮސައިޓީ ފޯ ފިޔޯރީ ޔޫތު ކޮމިއުނިޓީ އެންޑް އެންޕަވަރމެންޓް ، ސްފައިސް ޖަމްޢިއްޔާއިން މިއަދު ހަވީރު ވަނީ ކޮށްފައެވެ.