ކުޅިވަރު
ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް އިޓަލީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ 2 ހާފުގެ ތެރޭގައިވެސް އެއްވެސް ޓީމެއް މޮޅު ނުވުމުން ޕެނަލްޓީ ޖަހައިގެން ސްޕެއިންގެ މައްޗަށް އިޓަލީ ކުރިހޯދީ 2-4 ގެ ނަތިޖާއަކުންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން ކުޅުނީ ސްޕެއިނުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ސްޕެއިންގެ ގޯލާއި އަމާޒުކޮށް އިޓަލީއަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައި ނުވާއިރު، ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ސްޕެއިނަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސްޕެއިނުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ސްޕެއިނުން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެމުންދަނިކޮށް އިޓަލީން ލަނޑު ޖަހާ ލީޑު ނެގީ އެޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައެވެ. މި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކިއޭސާއެވެ. އިޓަލީން ލަނޑު ޖަހާ ލީޑު ނެގިފަހުންވެސް ސްޕެއިނުން ވަނީ ހިތްވަރު އެލުވާނުލާ ހަމަކުރިން ދެއްކި ކުޅުން ތަކުރާކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ސްޕެއިނަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ފެނިގެންދިޔަ އަލްވާރޯ މޮރާޓާއެވެ. މި ލަނޑާއެކު މޮރާޓާ އަކީ ޔޫރޯ ތާރީހުގައި ސްޕެއިނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން ކުޅުނު 15 މިނެޓުގެ 2 ހާފުގައިވެސް ނަތީޖާ ނުނެރެވުމުން، ޕެނަލްޓީގައި އިޓަލީން ސްޕެއިން ބަލިކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ފައިނަލުގައި އިޓަލީ ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ޑެންމާކާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!