ޚަބަރު
ނިސްބަތުން އެންމެ މަދު ބަޔަކު ވެކްސިން ޖެހި ރަށަކަށް ގދ.ތިނަދު!

ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ޖަހާ ވެކްސިން ޖެހޭ އާބާދީގެ ނިސްބަތުން އެންމެ މަދު ބަޔަކު ވެކްސިން ޖެހި ރަށަކީ ގދ.ތިނަދޫ ކަމަށް އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

01 ސެޕްޓެމްބަރ 2021 އިން ފެށިގެން ރަަށްރަށުގައި ވެކްސިން ފުރިހަމަވެފައިވާ ނިސްބަތަށާއި ބަލި އުޅޭ ނިސްބަތަށް ބަލައި ގިނަ ލުއިތަކެެއް ދިނުމަށް އެޗް.ޕީ.އޭ އިން ނިންމާފައިވާއިރު އެ އޭޖެންސީން ދަނީ ރަށްރަށުގައި ވެކްސިން ފުރިހަމަކުރެވޭ ނިސްބަތް އަދި ބަލި އުޅޭ ރަށްރަށުގެ ފައްސިވާ ރޭޓްގެ މައުލޫމާތު އާންމުކުރަމުންނެވެ.

އެގޮތުން ރޭގައި އެޗް.ޕީ.އޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ތިނަދޫއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވަނީ ވެކްސިން ޖެހޭ އާބާދީގެ އެންމެ 31% އެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ވެސް 2 ވަނަ ޑޯޒް ފުރިހަމަކުރި ފަރާތްތަކުގެ އަދަދު އުޅެނީ އަބާދީގެ 50% އަށްވުރެ މަތީގައިކަމެވެ. އަދި 8 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި 60% އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ.

ހަމައެހެންމެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ރަށްތަކުގެ ލިސްޓުން ވެސް 47% އާއި އެކު އެންމެ ފަހަތުގައި އުޅެނީ ގދ.ތިނަދު އެވެ. ގިނަ ރަށްރަށުގައި މި އަދަދު އުޅެނީ 70% އާއި 80% އާއި ދެމެދުއެވެ. 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ތިނަދޫއިން ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވަނީ އެ އާބާދީގެ އެންމެ 61% އަށެވެ. އެހެން ރަށްރަށުގައި މި އަދަދު އެވްރެޖްކޮށް އުޅެނީ 90% އަށްވުރެ މަތީގައެވެ.

ނަމަވެސް ތިނަދޫ އިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެކްސިން ޖަހާފައެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް 4512 ފަރާތެއް ޖަހާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 3595 ފަރާތަކުންނެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދެވިފައިވަނީ ސްކޫލްތައް މެދުވެރިކޮށެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ހަމަ ހަގީގަތުގައިވެސް ތިނަދު އިން ވެކްސިން ޖެހި މީހުންގެ އަދަދު ނިސްބަތުން އެހާ މަދުވީތޯއެވެ؟ ނުވަތަ މައުލޫމާތުތައް އަދާހަމަ ކުރުމުގައި ޑރ.އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނުކުޅެދުންތެރި ވީތޯއެވެ؟

މިކަމާ ގުޅިގެން ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އަބްދުﷲ ރަޝީދު އަށް ގުޅާލުމުން ވިދާޅުވީ، ތިނަދޫގައި ދިމާވެގެން އުޅޭ މައްސަލައަކީ ތިނަދޫގެ ސައްޚަ އާބާދީއެއް އޮޅުން ނުފިލާ މައްސަލަ ކަމަށާއި، ފުރަތަމަ ޑޯޒް ނުޖަހައި ތިބި މީހުންގެ އަދަދު ވަރަށް ކުޑަ ކަމަށާއި، އެގޮތުން ގޭގެއަށް ޒިޔާރަތް ކޮށް ނެގުނު މައުލޫމާތުތަކުންވެސް އެނގިފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހައި ވަނީ 24 ވަރަކަށް މީހުން ކަމަށެވެ. ދެންވެސް އިތުރަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސްކޫލް ކުދިންގެ ތެރެއިން ވެކްސިން ނުޖެހި ތިބީ ކަރަންޓީނުގައި ތިބި ދަރިވަރުން ކަމަށެވެ.

 1. ބޯ ހަލާކު

  ނުކުޅެދެނީ ކައުންސިލް. ރަށުގެ އާބާދީ އެގެނީ އެއްނޫން، ބިދޭސީންގެ އަދަދު އެގެނީ އެއް ނޫން. އަމާ ބުނީތީ ފރަށް ނުދެވިގެން އުޅޭ ބައެއް. އާބާދީ 55 ފާހަނގަ ނުކުރެވިގެން ފަޔަށް ހިނި އަރައިގެން ތެޅޭ އިރު ވެކްސިން ޖަހަންޖޭ އާބާދީގެ ތަފަސް ހިސާބުތައް ފުރިހަމަ ކޮށް ހޮސްޕިޓަލށް ނުދެވިގެން އުޅެނީ ކީއްވެ.
  ދެން ޕަބްލިކް ހެލްތު އޮފިސަރު ބުންޔަސް ތިނަދޫގެ އާބާދީ އަކީ 5000 ނުން ދޯ. ފުރަތަމަ ޑޯޒް އެހާވަރަށް ޖަހާފަ އިނީ މަ އެންމެން ހަމަ ކަމަށް ބަލާކަށް

  • އަހުމަދު

   ދޮގެއް ނޫން. ބޯހަލާކު ހަމަ!

 2. ޚަލޭ

  ތިޕަސެންޓޭޖް ފެންނަނީ ތިނަދޫ ދިރިއުޅޭ އާބާދީ އަކީ 13000 ކަމަށް ކައުސިލުން ދީގެންއުޅޭތީ. ދިރިއުޅޭ އާބާދީގެ 4500 ވަރު ވެކްސިން ޖެހުނީމަ އެހުރީ ޖެހިފަ އުޅޭނެތާ ކޮންމެވެސް ވަރެއް ވެސިންނުޖަހާތިބޭ. ސިޓީހަދަން ދޮގުމައުލޫމާތު ހިއްސާކުރީމަ ވާނީ މިހެން. އަދިވެސް ސައްހަކަންކަށަވަރުނުކޮށް ކައުސިލް އިން ބުނަނީ އެވަރު. ތަންކޮޅެއް ބޮޑުވަރު.

  • ހެހެ.

   ތިޔެއްވެސް އެނގޭނީ ބެލީމަ ދޯ