ޚަބަރު
ކޮލަމާފުށީގައި ޓުއަރިޒަމް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ގއ ކޮލަމާފުށިގައި ޓުއަރިޒަމް ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ، ކޮލަމާފުށީގައި ފުޅާ ދާއިރާއެއްގައި ޓުއަރިޒަމް ކުރިއަށް ގެންދަން ރައްޔިތުންނާއި ސަރުކާރު އަދި މަޖިލިސް މެމްބަރުންވެސް ބޭނުންވާތީ އެކަމަށް ބޭނުންވާނެ ޚާއްސަ ޕްލޭނެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށައި އެގޮތުން ރަށުގައި ތިބި އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް ވިދާޅުވީ ޕްލޭން އެކުލަވާލުމަށްޓަކާ ޚާއްސަ ޓީމެއް މިހާރު އެކުލަވާލާފައިވާ ކަމަށައި ބޭނުމަކަށް ވަނީ ކޮލަމާފުށީގައި ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންދިޔުމުގައި ވީހައިވެސް ބޮޑަށް ރަގަޅު އުސޫލުތަކަކާ ހަމަތަކެއް އޮތުން ކަމަށެވެ.

“މިކަމުގައި ކައުންސިލުން ކޮށްދޭންޖެހޭ ކަންތައްތައް ކުރާނީ ރައްޔިތުންގެ ލާބައަށް. އަދި ޚިދުމަތް ދިނުމަށް ނުކުންނަ ފަރާތްތަކަށް ފައިދާ ލިބޭ ގޮތަށް. ޓުއަރިޒަމްގެ ވިޔަފާރި ތެރެއަށް ކައުންސިލުން ނުވަންނާނެ.” ކޮލަމާފުށި ރައީސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ކޮލަމާފުށީގައި މިވަގުތުވެސް 2 ފަރާތަކުން ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެތަނުން އެއްފަރާތް އަންނަ ހަފްތާގައި ޚިދުމަތަށް ނުކުމެވޭ ވަރުވާނެ ކަމަށްވެސް ރައީސް އިބްރާހިމް ވިދާޅުވިއެވެ.

ދާދި ފަހުން ޓުއަރިޒަމް މިނިސްޓަރާއި ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކާ ހުވަދު އަތޮޅުގެ މަޖިލިސް މެމްބަރުންގެ އިތރުުން އަތޮޅު ކައުންސިލްގެ ރައީސުން ކޮލަމާފުއްޓަށް ކުރެއްވި ދަތުރެއްގައި އެރަށަކީ ހުވަދު އަތޮޅުގައި ކުރިއަށް ގެންދާ ލޯކަލް ޓުއަރިޒަމްގައި މުހިންމު ރަށަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ވަނީ ކޮލަމާފުށްޓަކީ ލޯކަލް ޓުއަރިޒަމްގެ ހުވަދޫ ހަބަކަށް ހެދުމަށް ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

  1. އަނީދު

    ރަނގަޅު ކިވައިގެންތިބި އެންމެ ކައުންސިލަރެއްވެސް ހުރިނަމަ

  2. އަނީދު ކޮއްޔާ