ޚަބަރު
ސިމެންތި ބަސްތާއެއް ބޮލަށްވެއްޓި މަރުވި ޖީއާންގެ އާއިލާއަށް ބަދަލުގެ ގޮތުގައި 4.5 މިލިޔަން ރުފިޔާ

ދުވާރުމަތިން ހިނގާފައި މަންމައާއި އެކު ދަނިކޮށް، ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި އުމުރުން 8 އަހަރުގެ ރައުޝަން ޖިއާންގެ އާއިލާއަށް 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ކޮށްފައިވާ މިހުކުމް ބުނާގޮތުން ބަންގްލަދޭޝަށް ނިސްބަތްވާ ޖިއާންގެ މަންމަ ޑރ. ފަރްޒާނާ ހުސެއިން އާއި ބައްޕަ ކަމާލުއްދީން ޖާވިދުއަށް އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް އަމުރުކުރެއެވެ.

ޖިއާންގެ އާއިލާއަށް ބަދަލު ނަގައިދީފައި ވަނީ ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޖިއާން މަރުވުމުގެ ސަބަބުން ދަރިފުޅުގެ ލޯތްބާއި ދެމީހުންގެ ތެރޭގައި އޮންނާނެ ގުޅުން ނެތިދިޔުމުން ލިބުނު ގެއްލުމަށް ނަގައިދިން 1،028،000ރ. އާއި އާއިލާއަށް ލިބުނު ތަދާއި ވޭނުގެ ބަދަލުގެ ގޮތުގައި ނަގައިދިން 2،196،361ރ. އާއި ޖިއާންގެ ދުނިޔޭގައި ހުރި ނަމަ މަސައްކަތްކޮށްގެން ލިބޭނެ ކަމަށް ލަފާ ކުރާ 1،290،361ރ. އާއި ފަރްޒާނާގެ ބޭސް ފަރުވާއަށް ހަރަދުވި 42،318ރ. އެވެ.

ޖިއާންގެ އާއިލާގެ ފަރާތުން ޝަރީޢަތުގައި 17 މިލިޔަން ރުފިޔާ ނަގައިދޭން އެދިފައި ވެއެވެ. ނަމަވެސް ކޯޓުން ކަނޑައެޅީ އެ ހުރިހާ ފައިސާތަކެއް ނަގައިދެވެން ނެތް ކަމަށެވެ.

ޖިއާން މަރުވީ ޑިސެމްބަރު 16، 2018 ގައި އެއިރު ހަދަމުންދިޔަ މ. ނަލަހިޔާ މަންޒިލް ކައިރިން ހިނގާފައި ދަނިކޮށް ސިމެންތިބަސްތާއެއް ވެއްޓި އެއިން ޖެހި ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. އަދި މިއިމާރާތުގައި މަސައްކަތް ކުރަމުންގެންގޮސްފައިވަނީ ޕޭވްމަންޓުގެ ބައެއް ނަގައި، ގަވާއިދާ އެއްގޮތަށް ޖަހަންޖެހޭ ބޯޑުތައް ނުލަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!