ޚަބަރު
މަޑަވެލި-ހޯނޑެއްދޫގެ އާކޯޒްވޭ މިއަހަރުގެ ތެރޭގައި އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ފިރުޝާން

މަޑަވެލި ހޯނޑެއްދޫގެ އާ ކޯޒްވޭ އެޅުމަށް ޕްލޭނިން މިނިސްޓްރީން ފިނޭންސަށް ހުށަހަޅާފައިވާ ކަމުގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޖިލިސް މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ، މަޑަވެލި ހޯނޑެއްދޫގައި މިހާރު އަޅާފައިވާ ކޯޒްވޭ އަކީ އީއައިއޭގެ މިންގަޑާ ޚިލާފަށް އަޅާފައިވާ ތަނެއް ކަމަށާއި އޭގެ ސަބަބުން ދެރަށަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ އެކަން ވީހައިވެސް އަވަހަށް ހައްލުކުރުމަށް މިހާރު އޮތް ކޯޒްވޭ ނަގާލުމަށްފަހު ހުސްކޮށް ތަނބުޖަހައިގެން ޒަމާނީ ފެންވަރުގެ އާ ކޯޒްވޭ އެޅުމަށް ޑިޒައިން ކުރެވި ޕްލޭނިން މިނިސްޓްރީއިން ބަޖެޓް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މެމްބަރު ފިރުޝާން ވިދާޅުވީ ސަރުކާރުގެ އުންމީދަކީ 2021 ވަނަ އަހަރު މަޑަވެލި ހޯނޑެއްދޫގެ އާ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށާއި، އާކޯޒްވޭއެއް އެޅުމަށް 2020 ވަނަ އަހަރުވެސް ބަޖެޓުގައި ޖަހާފައިވާކަމަށެވެ.

“މިހާރު އޮތް ކޯޒްވޭގެ ސަބަބުން ތަފާތު އެތައް މައްސަލައެއް ދަނީ ފެންމަތިވަމުން. އަދި އެކަމަކީ ކުރީގެ ސަރުކާރުން އީއައިއޭގެ އުސޫލާ ޚިލާފަށް ކޮށްފައޮތް ކަމެއް. އެލިޔެކިއުންތައްވެސް އެބަހުރި.” ފިރުޝާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ފިރުޝާން ވިދާޅުވީ މަޑަވެލި ހޯނޑެއްދޫ އެއްފަސް ވެފައި އޮތުމުން ދެރަށަށްވެސް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބެމުންދާ ކަމަށާއި، އެކަން ހުއްޓުމަކަށް އައުމަށް ދެރަށުގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ.

ކޯޒްވޭގެ ސަބަބުން ހޯނޑެއްދޫގެ އުތުރު ފަރާތު ބިމުގެ 6.7 ހެކްޓަރުގެ ބިން ހަލާކުވެ ޗަސްބިން ތަކަކަށް އެތަން ބަދަލުވަމުންދާތީ އާއި ރަށުގެ ފެންފަށަލައަށް ގެއްލުން ލިބިދާނެތީ ހޯނޑެއްދޫ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވި ސިޓީއަށް އަލިއަޅުއްވާ މެމްބަރު ފިރުޝާން ވިދާޅުވީ އެހުށަހެޅުމަކީ އެއްވެސް ހާލަތެއްގައި ދެރަށުގެ ގުޅުން ކެނޑުމަށް ކުރަން އުޅުނު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަން ހައްލު ނުކުރެވޭނަމަ ކޯޒްވޭ ނަގައިގެން ނަމަވެސް ހައްލު ހޯދަން މަސައްކަތް ކުރިކުރުމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ފިރުޝާން ވިދާޅުވީ، ހޯނޑެއްދޫ ކައުންސިލުން ސަރުކާރަށް ފޮނުވި ސިޓީއާއި ގުޅިގެން އަދި އެއްވެސް ނިންމުމެއް ނިންމައި ކައުންސިލަށް އަންގާފައި ނުވާ ކަމަށާއި ނަމަވެސް އެކަމަކީ އަވަސް ހައްލެއް އަންނަން ޖެހޭ ކަމެއް ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ، މަޑަވެލި ހޯނޑެއްދޫގެ ރައްޔިތުންނަކީ ވަރަށް އެކުލުންތެރި އެއްބައެއްވަންތަ ރައްޔިތެއް ދިރިއުޅޭ ދެރަށެއް ކަމަށާއި، މިހާރު އެދެރަށުގެ ރައްޔިތުންނަކީ އެއްރަށެއްގެ ބައެއް ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ކޯޒްވޭގެ މައްސަލައިގައި މަޝްވަރާގެ އުސޫލުން ކަންކަން ކުރުމަށް އެކުވެރިކަމާއެކު އެއްމޭޒެއްގައި މަޝްވަރާކުރުން މުހިންމު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!