ޚަބަރު
ކުޑަ ފިރިހެން ކުއްޖެއްގެ ކުރިމަތި ފަރާތުގައި އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކުޑަ ފިރިހެން ކުއްޖެއްގެ ކުރިމަތި ފަރާތުގައި އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ މާރޗް 18 ވަނަ ދުވަހު ހަވީރު 4:30 ހާއިރު 15 އަހަރުގެ ފިރިހެން ކުއްޖަކު ރަށުގެ އަތިރިމަތީގައި ހުރި ހޮޅުއައްޓެއްގައަ އިންދައި އެ ތަނަށް އައި ޒުވާނެއް ސައިކަލް ދުއްވާލަން ދާންބުނެ އެކުއްޖާ ގޮވައިގެން މީހުން ނޫޅޭ ސަރަހައްދަކަށް ގޮސް އެކުއްޖާ ލައިގެން ހުރި އަންނައުނުގެ ތެރެޔަށް އަތްކޮށްޕައި އެކުއްޖާގެ ކުރިމަތިފަރާތުގައި ހިފި މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.

އުތުރު ރަށެއްގައި ހިނގާދިޔަ މިހާދިސާގައި ދައުލަތުން އެމީހާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

އެހެންކަމުން އެރަށު މެޖިސްޓްރޭޓްކޯޓުން ވަނީ އޭނާއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް އެދައުވާ ރައްދުވާ ފަރާތުން ވަނީ އެކަމަށް އިންކާރުކޮށް އެމައްސަލަ އިސްތިއުނާފްކުރަން ހައިކޯޓަށް ހުށަހަޅާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ. އޭނާއާއެކު ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބަދަލުކުރަން ނުޖެހޭނެ ކަމަށް ވަނީ ނިންމައިފައެވެ.

 

Comment