ޚަބަރު
ޝަހީބު މީޑިޔާ”ގެ ފަރާތުން ނޫސްވެރިކަމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް ފަށަނީ”

“ޝަހީބު މީޑިޔާ”ގެ ފަރާތުން ރާއްޖޭގައި ނޫސްވެރިކަމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް މިމަހު 15 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިކޯހުގައި ކިޔަވައިދެނީ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިންނެވެ. އޭގެތެރޭގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައިސްކަން ކުރައްވާފައިވާ، ހަވީރު އޮންލައިންގެ ކުރީގެ އެޑިޓަރު އަދި ”ހުވާސް“ގެ ކުރީގެ އެޑިޓަރު މުހައްމަދު ޝަހީބު ހިމެނި ވަޑައިގަންނަވާއިރު، ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއިން ޤައުމީ އިނާމު ޙާޞިލް  ކުރައްވައިފައިވާ، ތަޖުރިބާކާރު ނޫސްވެރީން ކަމަށްވާ ”މިހާރު“ގެ ކުރީގެ އެޑިޓަރު މޫސާ ލަޠީފާއި ”ވަން އޮންލައިން“ގެ ސީ.އީ.އޯ އަދި އެޑިޓަރު ސިނާން އަލީ އާއި ”މިހާރު“ގެ އެޑިޓަރު އިސްމާޢީލް ނަޞީރާއި މޮންދު ޕްރޮޑަކްޝަންގެ ސީ.އީ.އޯ މުޙައްމަދު އާޞިފު (މޮންދު) އާއި ރާއްޖެ ޓީވީގެ ނިއުސް ކޮންސަލްޓަންޓް، އިމާދު ލަޠީފުގެ އިތުރުން ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ ފަރެސް މުޙައްމަދު އާމިރު ހިމެނި ވަޑައިގަންނަވައެވެ.

ކޯހުގައި ދަސްކޮށްދެވޭ ބައިތަކުގެ ތެރޭގައި ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ރިޕޯޓް ލިޔާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.

”ޝަހީބު މީޑިއާ“ގެ ޗެއާރމަން އަދި ސީ.އީ.އޯ މުހައްމަދު ޝަހީބު ވިދާޅުވީ ނޫސްވެރިކަމުގެ އަޚުލާގާ ބެހޭ ގޮތުންނާއި، ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ އަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށް ތަޤުރީރުކުރާނެ ކަ މަށެވެ. އެހެންކަމުން މިކޯހުން މަތީ ފާސް ހޯދާ ފަރާތްތަކަށް މީޑިޔާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ޝަހީބު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 15-29 އަށް ކުރިއަށް ގެންދާ މި ކޯހުގައި މަދު ޖާގައެއް ހިމަނާފައިވާތީ ފުރުސަތު ދެވޭނީ ރަޖިސްޓްރީ ކުރާ ތަރުތީބުން ކަމަށާއި ރަޖިސްޓްރީ ކުރުމަށް ހޮޓްލައިން ނަންބަރ 9934333 އަށް ނަމާއި އައީ.ޑީކާޑު ނަންބަރު ފޮނުވުމަށް ޝަހީބު މީޑީޔާއިން ވަނި އަންގާފައެވެ. މިކޯހުގެ ފީއަކީ 2000 ރުފިޔާއެވެ.

މި ކޯސް ކުރިޔަށް ގެންދާނީ ރޭގަނޑު 08:00 އިން 10:00 އަށް އަހުމަދިއްޔާ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައެވެ.
”ޝަހީބު މީޑިއާ“ އަކީ ނޫސްވެރިން ތަމްރީނު ކުރުމާއި ނޫސްވެރިކަމުގެ ކޮންސަލްޓެންސީ އާއި މާކެޓިން އަދި ޕްރޮމޯޝަންގެ ޚިދުމަތް ދިނުމަށް، މީޑިއާ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ، މުހައްމަދު ޝަހީބު މީގެ 10 އަހަރު ކުރިން އުފައްދަވައިފައިވާ ތަނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!