ޚަބަރު
69 ބައިވެރިންނާއެކު ސްފައިސްގެ ކަސްރަތު ޕްރޮގްރާމް ފިޔޯރީގައި ފަށައިފި

69 ބައިވެރިންނާއެކު  ސްފައިސްގެ ކަސްރަތު ޕްރޮގްރާމް ފިޔޯރީގައި ފަށައިފި 

ސޮސައިޓީ ފޯ ފިޔޯރީ ޔޫތު ކޮމިއުނިޓީ އެންޑް އެންޕަވަރމަންޓް، ސްފައިސް ޖަމްޢިއްޔާއިން ފިޔޯރީ ގައި ހިނގުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް  ފަށައިފިއެވެ. 

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ސްފައިސް ޖަމްޢިއްޔާގެ ރައީސާ ރޫޔާ  މުސްތަފާ ވިދާޅުވީ  މިއަދު ހަވީރު ފެށި ކަސްރަތު ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފިޔޯރީ ހެލްތު ސެންޓަރު އަދި ޔޫތު ސެންޓަރު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 30 ދުވަހުގެ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ގައި ކުރިޔަށް ގެންދާނީ މޫދު ކަސްރަތުގެ އިތުރުން ބައެއް ފިޒިކަލް ކަސްރަތް ކަމަށެވެ.

ރައީސާ ރޫޔާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމް ގައި ބައިވެރިވެ 75 އިންސައްތަ ހާޒިރީންނަށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ ކުރިން 2020 ވަނަ އަހަރު ފިޔޯރީ ގައި ހިންގި ޕްރޮގްރާމް ފަދައިން މިފަހަރު އެސް ވަރަށް ބޮޑު ތަރުތީބެއް ލިބިފައިވާ ކަމަށާއި އެގޮތުން ފިޔޯރީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އިން ދެމުން ދާ އެއްބާރުލުން ފާހަގަ ކުރަން ބޭނުންވާ ކަމަށެވެ.

ޖުމްލަ 69 ފަރާތުން ބައިވެރިވެފައިވާ ކަސްރަތު ޕްރޮގްރާމް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ “ފިޔޯރީ ހުއްޓޭކޮޑާ”, ސާފު ކުރުމުގެ މަސައްކަތް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ޕްރޮގްރާމްގެ ބައިވެރިވި ފަރާތްތަކާއެކު ސޮސައިޓީ ފޯ ފިޔޯރީ ޔޫތު ކޮމިއުނިޓީ އެންޑް އެންޕަވަރމެންޓް ، ސްފައިސް ޖަމްޢިއްޔާއިން އިއްޔެ ހަވީރު ވަނީ ކޮށްފައެވެ.