ޚަބަރު
އަފްޣާނިސްތާނުގެ ޖަލުގައި ބަންދުކޮށްފައިިވާ ދިވެހި އާއިލާއެއް މިނިވަންވެއްޖެ

އަފްޣާނިސްތާނުގައި 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން އައި ދިވެއްސެއް ކަމުގައިވާ، އަލީ ޝާފިޢު އާއި އޭނާގެ އާއިލާ މިއަދު މިނިވަން ވެއްޖެއެވެ. ޝާފިއު އާއި އޭނާގެ އާއިލާ އަށް ޖަލުހުކުމެއް އައިސްފައިވަނީ، ހަނގުރާމައިގައި ބައިވެރިވާން ދިޔުމުގެ ކުށް ސާބިތުވެފައި ވުމުންނެވެ.

އެ އާއިލާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދީފައިވާ، މީހަކު ބުނީ ޝާފިއު މިނިވަންވީ އަފްޣާނިސްތާނުގެ ވެރިކަން ބަދަލުވުމުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް ކޯޓުން މުރާޖައާކުރުމަށް ފަހު ކަމަށެވެ. ޖަލުން ސަލާމަތް ވީނަމަވެސް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެ އާދެވޭނެ ގޮތެއް ނެތް ކަމަށް އާއިލާ އިން މީޑިއާއަށް މައުލޫމާތު ދީފައިވާ މީހާ ބުނެފައިވެއެވެ،

މައުލޫމާތު ލިިބިފައިވާ ގޮތުގައި، އާއިލާއިން އެމީހުންނާއޮ ވާހަކަ ދެކެވުނު ކަމަށާއި، ރައްކާތެރި ހިސާބެއްގައި އާއިލާ ތބުމުގެ އިތުރުން، އެމީހުންގެ ހާލުވެސް ރަނގަޅެވެ.ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އަފްޣާނިސްތާނުގައި އިއްވީ ޑިސެމްބަރު، 2018 ގައި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރު ކުރުމަށް ފަހުގަ އެވެ.

ދިވެހި ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްޣާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚުރައިސާން ޕްރޮވިންސާ ގުޅުމަށް ކަމަށާ އަދި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމަށް ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށް އޭރު ބުނެފައިވެއެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުން ފޭބުމުން ތާލިބާނުންގެ ބާރުގަދަވެ، މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ގައުމު ހިފުމާ އެކު ސަރުކާރު ވަނީ ވެއްޓިފަ އެވެ. އެކަމާ ގުޅިގެން އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން ވަނީ ގައުމު ދޫކޮށް ދާން މަސައްކަތް ކޮށްފަ އެވެ. އެ ކަމުގެ ތެރޭގައި، ވެރިރަށް ކާބުލްގެ އެއާޕޯޓު ކައިރީގައި ބޮމެއް ގޮއްވާލުމުން ގިނަ އަދަދެއްގެ އާންމުންނާއި އެމެރިކާ ސިފައިންގެ ބަޔަކު ވަނީ މަރުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!