ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުން ހެލްތް ކޭންޕެއް ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ހެލްތް ކޭންޕެއް ބ.އޭދަފުށީގައި ބާއްވަން ނިންމައިފިއެވެ.

ސެޕްޓެމްބަރ 10 އަދި 11 ވަނަ ދުވަހުބޭއްވުމަށް ހަމަޖެހިފައިވާ މި ހެލްތް ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމަތު ދެއެވެ.

މި ހެލްތް ކޭންޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ހާއްސަ ޑޮކްޓަރުން އަދި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭންޕްގައި އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިފައިވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިންގ ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިންގހިދުމަތް ފޯރުކޮށްދެނީ ހިލޭކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. ހުސެއިން ފައިސަލް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުންއަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

Comment