ޓޯކޮށްފައިވާ ވެހިކަލަކުން ފުލުހުން ވައްކަން ކުރާ ކަމަށްބުނެ މީސްމީޑިޔާގައި ފަތުރަމުންދާ ވީޑިއޯގައި ފެނިގެންދަނީ ފުލުހުން ވައްކަން ކުރާ މަންޒަރު ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިވީޑިޔޯއާއި ގުޅިގެން ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޤަވައިދާ ޚިލާފަށް ޕާކުކޮށްގެން ފުލުހުން ޓޯވކުރާ އުޅަދުތައް 60 ދުވަސްތެރޭ ވެރިފަރާތަށް ހަވާލުކުރެވޭނެ ކަމަށާއި އެގޮތަށް ހަވާލުނުވެ ހުންނަ އުޅަދުތައް ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ކަމަށެވެ. އަދި އެގޮތަށް އުޅަނދު ނައްތާލުމުގެ މަސައްކަތް ކުރަމުންދާނީ އެކަމަށް ހެދުފައިވާ އުސޫލްތަކާއި އެއްގޮތަށް ކަމަށްވާތީ ނައްތާލުމުގެ ކުރިން އުޅަނދުގެ އެތެރެއާއި އުޅަނދުގެ ޑިކީވެސް ބަލާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
— Maldives Police (@PoliceMv) September 1, 2021
އެހެންކަމުން އެއުސޫލުގެ މަތިން ހަވާލުނުވެ އޮތް އުޅަނދެއް ނައްތާލުމަށް އޅަނދު ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް ކޮށްފައިވާ ވީޑިއޯއެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ވީޑިއޯ އިން ފެންނަގޮތުގައި ފުލުހުން މަސައްކަތް ކުރަމުންދިޔައީ މާލޭގެ ޓޯޔާރޑްގެ ތެރޭގައި އޮތް ކާރެއްގެ ޑިކީ މަތާލައިގެން ހުޅުވަން މަސައްކަތް ކުރާ މަންޒަރެވެ. މިވީޑިޔޯ ދައުރުވާން ފެށުމުން ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑުކިޔައި އެވީޑިޔޯއަށް ރިޕްލައި ކުރަމުންނެވެ.