ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ސިދާތު ޝުކްލާ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.
ސިދާރތުގެ މަރުވެގެންދިޔައީ މުޅި އިންޑަސްޓްރިއަށް ލިބުނު ފުން ހިތަމަޔަކަށެވެ. ބިގްބޮސްއިން މަޝްހޫރުކަން ހޯދާފައިވާ ޝެހެނާޒް ގިލްގެ ލޯބިވެރިޔާ ސިޑް ހާޓްއެޓޭކެއް ޖެހިގެން މިއަދު ހެދުނު ކޫޕަރ ހޮސްޕިޓލުގައި ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.
އުމުރުން 40 އަހަރުވީއިރު ސިޑް ވަނީ ޑްރާމާތަކުން ދިވެހިންގެ ހިތްވެސް އަތުލައިގެންފައެވެ. ކާމިޔާބު އެތައް ޑްރާމާއެއް ސިޑް ކުޅެފައިވާއިރު ރިއަލިޓީ ޝޯތަކުންވެސް ސިޑްވަނީ ފޭނުންގެ ހިތް ކަތިލާފައެވެ. ސިޑްގެ ފޭނުންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ދަނީ ސޯޝަލް މީޑީޔާގައި ހިތާމަ ފާޅުކުރަމުންނެވެ.
ސިޑްގެ ކާމިޔާބީތަކަށް ބަލާލާއިރު ބިގްބޮސް ސީޒަން 3 ގެ ޓްރޮފީ ހާސިލް ކުރުމުގެ އިތުރުން ޓީވީ ސީރިޔަލް “ދިލްސޭ ދިލްތަކް” ” ބަލިކާ ވަދޫ” ފަދަ މަޝްހޫރު ސީރިޔަލްތަކުގައި ސިޑްގެ އެކްޓިންގެ ހުނަރު ދައްކާފައިވެއެވެ. މީގެ އިތުރުން އެކްތާ ކަޕޫރުގެ ވެބްސީރީޒް “ބްރޯކަން ބަޓް ބިއުޓިފުލް 3” އަކީ ސިޑްގެ އެންމެ ފަހުން ކުޅުނު ޑްރާމާއެވެ.