ދުވަސްވަރަކީ ފޮތިރިޔަލުގައި ދިވެހިން ދަތުރުފަތުރުކޮށް އުޅުނު ދުވަސްވަރެވެ. މިދުވަސްވަރު މާލޭ ބަނދަރުން މާރީތި ރަތް ކުލައިގެ ރިޔަލެއް ހުވަދުއަތޮޅު ދެއްވަދޫ އޮޑިވެރިޔަކަށް ފެނިގެން ރަށަށް ދާއިރު މީގެ ރަތް ރިޔަލެއް އޭނާގެ އޮޑިޔަށް ގެންދާން ގަސްތުކޮށްފިއެވެ. ހުދުރިޔާ މާއަވަހަށް ދާވެ ދުރަށް އޭގެހުންނަ ކިލާކަން ފެންނަން ހުންނާތީވެ ރަތް ރިޔަލެއް ކޮންމެހެންވެސް ރަށަށް ގެންދާން ހިތުލައިފިއެވެ.
އަދި ރަށާއި އަތޮޅުގެ އޮޑިފަހަރަށް ރަތް ރިޔާ އެންމެފުރަތަމަ ތަޢާރަފްކުރާނީ ތިމަންނާއޭ ހިތުލައިފިއެވެ. އެއްދުވަހު މުޅި ބާޒާރުމަތީ ފިހާރަތަކަށްވަދެ ރަތް ރިޔާ ހުރިތޯ ބަލައިފިއެވެ. ކޮންމެ ސޭޓަކުވެސް ބުނަނީ ރަތްރިޔާ ނެތްކަމަށެވެ.
މާލެއިން އެނބުރި ރަށަށްއައިރު އަތޮޅު އޮޑިފަހަރު ރަތް ރިޔާ ނަގާފައިހުރިތަން ފެނިފައި މީނާ ވަރަށް ކަންބޮޑު ވެއްޖެއެވެ. ދެން، މިމީހާ މީހުންކައިރީ ކޮންތާކުން ހޯދި ރަތް ރިޔަލެއްތޯ އަހައިފިއެވެ. ތިމަންނާ މިއައީ މުޅިމާލޭ ބާޒާރުގައި ތިޔަކަލަހަ ރަތް ރިޔަލެއް ލިބޭތޯ ބަލައިފައެވެ. އެއްވެސްތާކުން ރަތް ރިޔަލެއް ނުލިބުނޭ ބުނެފިއެވެ. އެންމެފަހުން ރަތް ރިޔަލަކީ ހުދުރިޔާ ކަޑިފެނާއި އެއްކޮށްގެން އޭގައި ޖައްސާކުލައެއްކަން ދެއްވަދޫ މީހާއަށް އެގިއްޖެއެވެ.
މިވާހަކައަކީ ހުވަދުއަތޮޅު މީހުން ދެއްވަދޫ މީހުން ރަތް ރިޔާހޯދަން މުޅިމާލޭ ބާޒާރުގައި ދުއްވިކަމަށް ދައްކައިއުޅޭ ވާހަކައެކެވެ.