ގދ ގެ 5 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކުން ކޮވިޑް-19 ގެ ކޭސްތައް ފެނި ނުރައްކާތެރި ޙާލަތު ގައި އޮތް އަތޮޅުގެ 1 ރަށް ފިޔަވާ ހުރިހާ ރަށަކުން އެންމެ ފަހުން ލިބުނު ނަތީޖާ އަށް ބަލާއިރު ބައްޔަށް ފައްސި ވެފައި ކޭސް ތަކެއް ފެނިފައި ވަނީ ތިނަދޫ އިން އެކަންޏެވެ. ތިނަދޫ އިން 11 މީހަކު ފައްސި ވެފައިވާ އިރު މޮނީޓަރިންގ ހާލަތު ގައި އަދިވެސް އޮތް ގައްދޫ އިން ވެސް މިއަދު އެއްވެސް މީހަކު ބައްޔަށް ފައްސި ވެފައި ނުވެއެވެ.
ތިނަދޫ ގެ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ އިއްޔެގެ ނަތީޖާ ތަކުން ދައްކާ ގޮތުގައި މިވަގުތު ބައްޔަށް ފައްސިވެ ފަރުވާގައި ތިބީ ޖުމްލަ 262 މީހެކެވެ. 24 އެޕްރީލުން ފެށިގެން މިހާތަނަށް 816 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު 552 ފަރާތެއް ވަނީ ރަނގަޅު ވެފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 12 މީހަކު ބަލިން ރަނގަޅުވުފައިވެއެވެ. ފެސިލިޓީ ގައި މިވަގުތު ފަރުވާ ދެމުން ދާ މީހަކު ނެތް ނަމަވެސް މީގެ ކުރިން ފަރުވާ ދެމުން ދަނިކޮށް 2 މީހަކު ވަނީ ނިޔާވެފައެވެ.
ފާއިތުވި މުއްދަތުގައި 6459 ކޯވިޑް ސާމްޕަލް ވަނީ ނަގާފައެވެ. އިއްޔެގެ އަލަށް 58 ސާމްޕަލް ނަގާފައިވާއިރު އެންމެ ފަހުން ނެގުނު ސާމްޕަލް ތަކުގެ ތެރެއިން 88 ސާމްޕަލް އަދި ނަތީޖާ ނުލިބި ވާ ކަމަށް ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަ ކޮއްފައިވެއެވެ.
ތިނަދޫ ގެ ޙާލަތު ރަނގަޅު ނުވެ ދިގުދެމިގެން ދާތީވެ ރަށް ވަނީ 24 ގަޑިއިރު ގެ ކާފިއު އިޢުލާން ކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފަވެ.